"އަދަދު" ނޫހުގެ ނޫސްވެރިން ހައްޔަރުކުރުމާ ގުޅިގެން ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލައި ރޭ މާލޭގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 10 މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ.
ނޫސްވެރިކަމުގެ ހައްގުގައި އަޑުއުފުލުމަށް ބޭއްވި މި އިހުތިޖާޖުގެ ތެރެއިން ފުލުހުން ވަނީ ޖުމްލަ 10 މީހަކު ހައްޔަރުކޮށްފައެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މީހުން ހައްޔަރު ކޮށްފައިވަނީ ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގައެވެ. ނަމަވެސް، މީގެ ތެރެއިން ހަތް މީހަކު މިހާރު ވަނީ ކޯޓުން ދޫކޮށްލާފައެވެ.
އެމްޑީޕީގެ ގާނޫނީ ޓީމުން މައުލޫމާތު ދިން ގޮތުގައި، ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، ތިން މީހެއްގެ ބަންދަށް ވަނީ މުއްދަތު ޖަހާފައެވެ. އެގޮތުން އަލީ ޖުމާން 5 ދުވަހަށް، އަބްދުﷲ ޝަރީފް 3 ދުވަހަށް، އަދި ޝަމްއޫން ޖަލީލް (ލޫކަސް) 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި އިހުތިޖާޖުގެ ތެރެއިން ފުލުހުން ބައިވެރިން ދުރަށްލުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ފުލުހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެއެވެ. އެ ފުލުސް މީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
މި އިހުތިޖާޖަކީ ހައްޔަރުކޮށްފައިވާ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްނޭޅުމަށް ސަރުކާރަށް ގޮވާލައި ބޭއްވި ހަރަކާތެކެވެ. ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ މި ދަނޑިވަޅުގައި، މިފަދަ ހައްޔަރުކުރުންތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު