ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރަމުން ދަނީ ދިވެހިރާއްޖެ އާއި ދިވެހި ދައުލަތުގެ ސިފަ އުވާލުމަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރަށްވައިފިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރައްވަމުން ގެންދަވާ ކެމްޕޭނުގެ ތެރެއިން ލ. ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ރައީސް ނަޝީދު ވަނީ މި ސަރުކާރުން ލާމަރުކަޒީ ނިޒާމު އުވާލުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
"ޒަމާނުއްސުރެ ފަށައިގެން މި ދެކެމުން އައި ދިވެހިރާއްޖެ އުވާލުމަށް ޑރ. މުއިއްޒު އާއި އޭނާގެ ބައިގަނޑު މަސައްކަތް ކުރަނީ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ހަމައެއާއެކު އަތޮޅު ކައުންސިލްތައް އުވާލުމުން ޤައުމުގެ ޖަޒީރާ ވަންތަކަން ނެތިފައިވާ ކަމަށާއި، އޭގެ ނަތީޖާއަކީ ދިވެހިރާއްޖޭގެ ސިފަވަންތަކަން ގެއްލުންކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
"އަތޮޅު ވެރިޔާ ގެއްލުނީ. އެހެންވީމާ ޖަޒީރާ ގައުމު ނެތުނީ. އަޅުގަނޑުމެންގެ ހިތްތަކަށް މި ދިވެހިރާއްޖެ ސިފަކުރަނީ ރަށްތަކަކުންނެއް ނޫން. އަތޮޅުތަކަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ، ޖަޒީރާ ގައުމެއްގެ ސިފައާއި، އަތޮޅުތައް ނައްތާލާފައި ރައީސް މުޢިއްޒު ބިނާކުރަށްވަން އުޅުއްވާ އެއްޗެއް ސާފުނުވާ ކަމަށާއި، އެމަނިކުފާނުގެ ތަސައްވަރުވެސް މިހާރު ނޭންގޭ ކަމަށް ވިދާޅުވެފައެވެ. އޭގެއިތުރުން، ރައީސް މުއިއްޒު ބާރުތައް ބޭނުންކުރަށްވާ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ސަލާމަތްވާނެ މަންޒަރެއް ފެނިވަޑައިނުގަންނަވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އަތޮޅު ކައުންސިލްތައް އުވާލައި، އާބާދީ ކުޑަ ރަށްރަށަށް ހޮވާ ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ރައީސް މުއިއްޒު ތަސްދީގު ކުރެއްވީ ޑިސެމްބަރު 2025 ގައެވެ. އޭގެފަހުން އަތޮޅު ކައުންސިލްތަކުގެ ބާރުތައް އިއާދަކުރުމަށްޓަކައި އެމްޑީޕީގެ މެންބަރުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހެޅި ނަމަވެސް، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީން ވަނީ އެ އިސްލާހު ބޭރުކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު