އިރާގުގެ ބަޣުދާދުގެ އިރުމަތީގައި އޮންނަ ނަހްރަވަން ސަރަހައްދުގައި އުމުރުން 15 އަހަރުގެ ކައުޘަރު ބަޝާރު އަލް-ހުސައިޖާވީ ނަމަކަށް ކިޔާ އަންހެން ކުއްޖަކު، އޭނާގެ ބޮޑުބޭބެގެ ދަރިއަކާ ކައިވެނިކުރަން އިންކާރު ކުރުމުން ވަރަށް ރަހުމްކުޑަ ގޮތަކަށް މަރާލައިފިއެވެ.
އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަރަކީ އާއިލާގެ އަބުރު ހިމާޔަތް ކުރުމުގެ ނަމުގައި ހިންގާފައިވާ "އޮނަރ ކިލިންގް" އެކެވެ. މި ހާދިސާ ހިނގާފައިވަނީ ކައުޘަރު ކައިވެންޏަށް އިންކާރުކޮށް ގެއިން ފިލައިގެން ދިއުމާ ގުޅިގެން، އޭނާގެ އާއިލާއިން އޭނާ ހޯދައި އެހެން ގަބީލާއަކަށް ހަވާލުކުރުމަށް ފަހުގައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، ކައުޘަރު މަރާލުމަށްފަހު އޭނާގެ އާއިލާގެ ބައެއް މެންބަރުން އެކަން ފާހަގަކޮށް އުފާފާޅުކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.
ކައުޘަރުގެ މަންމަ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު، އޭނާ ވަނީ މި ލޭއޮހޮރުވުމުގެ ހާދިސާ ހިނގިކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް، އިރާގުގެ ރަސްމީ އިދާރާތަކުން މިހާތަނަށް މިކަމާ ބެހޭގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރާ ގޮތުގައި، އިރާގުގެ ގާނޫނުތަކުގެ ސަބަބުން މިފަދަ ޖަރީމާތައް ހިންގާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ލިބެއެވެ.
ވަކިން ހާއްސަކޮށް، 2025 ވަނަ އަހަރު އިރާގުގެ ޕާސަނަލް ސްޓޭޓަސް ގާނޫނަށް ގެނައި އިސްލާހުތަކުގެ ދަށުން، އުމުރުން އެންމެ 9 އަހަރުގެ ކުދިންނަށް ކައިވެނި ކުރުމުގެ ހުއްދަ ލިބުމާއި، "އަބުރު ހިމާޔަތް ކުރުމުގެ" ނަމުގައި ހިންގާ މަރުގެ މައްސަލަތަކުގައި އަދަބު ލުއިކޮށްދޭ މާއްދާތައް ހުރުމަކީ ކުޑަކުދިންނަށް ކުރާ އަނިޔާތައް އިތުރުވާން މެދުވެރިވާ ސަބަބެއް ކަމަށް އެ ޖަމިއްޔާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު