ވ. އަތޮޅަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނިކޮށް، ހާލު ދެރަވެގެން ނިޔާވި ސިފައިންގެ ޑައިވަރުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގައި މަސައްކަތް ކުރަމުންދިޔަ ހިތްވަރުގަދަ ޑައިވަރު، ސްޓާފް ސާޖެންޓް މުޙައްމަދު މަހުދީއެވެ. މަހުދީ ނިޔާވީ ގެއްލިފައިވާ ފަތުރުވެރިން ހޯދުމަށް ފީނުމުގެ ތެރޭގައި ދިމާވި ސިއްހީ ކުއްލި ހާލަތަކާ ގުޅިގެން ފަރުވާ ދެމުން ދަނިކޮށެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ގެއްލިފައިވާ ފަތުރުވެރިން ހޯދަން ފީނަމުންދިޔަ ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ޑައިވަރަކު ނިޔާވުމަކީ އެމަނިކުފާނަށާއި ދިވެހި ކޮންމެ ރައްޔިތަކަށްމެ ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށެވެ. އަދި މިއީ ހިތްދަތިވެ ނުތަނަވަސްކަން ވެރިވި ހަބަރެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ މެސެޖުގައި ވަނީ މަރުހޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރައްވައި، އެ އާއިލާއަށާއި ދިވެހި ސިގައިންގެ ޚިދުމަތަށް ތައުޒިޔާ ދަންނަވާފައެވެ.

"‏ޑިއުޓީގަައި މަޤާމުގެ ވާޖިބު އަދާކުރަމުން ދަނިކޮށް ކުއްލި ޙާލަތެއް މެދުވެރިވެ ނިޔާވި އެމްއެންޑީއެފްގެ ހިތްވަރުގަދަ ޑައިވަރު، ސްޓާފް ސާޖެންޓް، މަރުޙޫމް މުޙައްމަދު މަހުދީއަށް ޝަހީދެއްގެ ދަރަޖަ ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަ

ތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލަހައްޓަވާށި. އާމީން" ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު