ފެލިދެއަތޮޅުގައި ފީނަން ދިޔަ އިޓަލީގެ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް ހާލު ދެރަވެގެން ފަރުވާ ދެމުން ދަނިކޮށް ކުއްލި ގޮތަކަށް ނިޔާވި، އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.
މަރުޙޫމް މުޙައްމަދު މަހުދީގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގައެވެ. އަދި މައްޔިތާގެ މޫނު ދެއްކުން މިރޭ 19:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފައިވެއެވެ.
ކަށުނަމާދަށް ފަހު، ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ މާލެ މައްޗަންގޮޅީ އާސަހަރާގައެވެ.
ޤައުމީ ވާޖިބު އަދާކުރަމުން ދަނިކޮށް ކުއްލި ގޮތަކަށް ވަކިވެދިޔަ މި ހިތްވަރުގަދަ ސިފައިންގެ ބޭކަލުގެ ޖަނާޒާގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެލެއްވުމަކީ އެމްއެންޑީއެފްގެ ވަރަށް ބޮޑު އެދުމެކެވެ.

ކިޔުންތެރިންގެ ހިޔާލު