ފެލިދެއަތޮޅުގައި (ވ. އަތޮޅު) ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް ކުއްލި ގޮތަކަށް ނިޔާވި، އެމްއެންޑީއެފްގެ ތަޖުރިބާކާރު ޑައިވަރު މުޙައްމަދު މަހުދީގެ މަގާމު މަތިކޮށްފިއެވެ.
ޤައުމީ ޚިދުމަތުގައި ހުއްޓާ ކުއްލި ގޮތަކަށް ނިޔާވި މަހުދީގެ ރޭންކް، އެމްއެންޑީއެފުން މިހާރު ވަނީ ސްޓާފް ސާޖަންޓްގެ މަގާމުން ސާޖަންޓް ފަސްޓް ކްލާސްގެ ރޭންކަށް މަތިކޮށްފައެވެ.
މަހުދީ ނިޔާވީ ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑުއަޑީގެ ފުން ހޮހޮޅައެއްގެ ތެރޭގައި ތާށިވެފައިވާ ކަމަށް ބެލެވޭ އިޓަލީގެ ފަތުރުވެރިން ހޯދުމަށް ފީނުމުގެ ތެރޭގައި، ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެގެން ހާލު ދެރަވެގެންނެވެ.
އޭނާއަށް އިތުރު ފަރުވާ ދިނުމަށް ވަގުތުން މާލެ ގެނެސް، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި އިރު، އޭނާއަކީ މި އޮޕަރޭޝަނުގައި އިސްކޮށް ހަރަކާތްތެރިވަމުންދިޔަ މޮޅު ޑައިވަރެކެވެ.
މީގެ އިތުރުން، މި ހާދިސާ ހިނގި ސަރަހައްދަށް އިއްޔެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޒިޔާރަތުގައި، އޮޕަރޭޝަނުގެ ބްރީފިން އެމަނިކުފާނަށް އެރުވުމުގައި ވެސް މަހުދީ ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު