ޗައިނާއިން ބޮއިންގް ކުންފުނީގެ 200 ބޯޓު ގަތުމަށް އެއްބަސްވެފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާން ކުރައްވައިފިއެވެ. މިކަން ހާމަކުރެއްވީ އެމެރިކާއާއި ޗައިނާއާ ދެމެދު ކުރިއަށްދާ ވިޔަފާރީގެ މަޝްވަރާތަކުގެ ތެރެއިންނެވެ.
އެމެރިކާ-ޗައިނާގެ ވިޔަފާރީގެ ގުޅުން ބަދަހިވަމުންދާ މިދަނޑިވަޅުގައި، ހުކުރު ދުވަހު "އެއަރ ފޯސް ވަން" ގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އޮމާންކަމާއެކު ކުރިއަށްދާނަމަ، މިއަދަދު ކުރިއަށް އޮތް ތަނުގައި 750 އަށް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މި ބޯޓުތަކުގައި ބޭނުންކުރާނީ "ޖީ.އީ އެއަރޯސްޕޭސް" ގެ އިންޖީނުތައް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ޗައިނާ ސަރުކާރުން ނުވަތަ ބޮއިންގް ކުންފުނިން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވާއިރު، ބޯޓުތަކުގެ މޮޑެލްތަކާއި، ބޯޓުތައް ހަވާލުކުރާނެ ތާރީޚުތަކާއި، ފައިސާ ދައްކާނެ ގޮތުގެ ތަފްސީލީ މަޢުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ޓްރަމްޕް މިކަން އިޢުލާން ކުރެއްވީ ބެއިޖިންގް އަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި ބޮއިންގް ކުންފުނީގެ ސީ.އީ.އޯ ކެލީ އޯޓްބާގް ހިމެނޭހެން އެމެރިކާގެ ވިޔަފާރިވެރިންގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެއެވެ.
ޗައިނާގެ މާރކެޓުގައި ބޮއިންގްއަށް ލިބުނު ބޮޑު ކުރިއެރުމާއި އެކީ ޗައިނާއަށްވަނީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އޭވިއޭޝަން މާރކެޓްގެ މަޤާމުވެސް ލިބިފައެވެ. ނަމަވެސް، ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ތެރޭގައި އެމެރިކާއާއި ޗައިނާއާ ދެމެދު އުފެދުނު ވިޔަފާރީގެ ނުތަނަވަސްކަމުގެ ސަބަބުން، ޗައިނާއިން ބޮޑެތި އޯޑަރުތައް ހޯދުމަށް ބޮއިންގް ކުންފުންޏަށް ވަނީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މި މުއްދަތުގައި ބޮއިންގްގެ ވާދަވެރި ޔޫރަޕްގެ އެއަރބަސް ކުންފުނިން ވަނީ ޗައިނާގެ މާރކެޓުގައި ކުރިހޯދާފައެވެ.
މި އެއްބަސްވުން ފުރިހަމަވެއްޖެނަމަ، މިއީ ބޮއިންގް ކުންފުންޏަށް ލިބޭނެ ވަރަށް ބޮޑު ކާމިޔާބީއަކަށް ވާނެއެވެ. އަދި އޭޝިއާގެ މާރކެޓުގައި އެއަރބަސްއާ އޮތް ފަރަގު ކުޑަކުރުމަށް ލިބޭނެ ބޮޑު އެހީއަކަށްވެސް ވާނެއެވެ.
މާހިރުން އަންދާޒާކުރާ ގޮތުގައި، ފުރަތަމަ ފިޔަވަހީގައި ގަންނަ 200 ބޯޓުގެ އަގު 17 ބިލިއަން އާއި 19 ބިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދަކަށް އަރާނެއެވެ. އަދި "އައި.ބީ.އޭ" އޭވިއޭޝަން އެޑްވައިޒަރީ ފަރާތުން ބުނާ ގޮތުގައި، މީގެ ތެރޭގައި ބޮޑެތި ބޯޓުތައް ހިމެނޭނަމަ، މި އަގު 25 ބިލިއަން ޑޮލަރާ ގާތްކުރާނެއެވެ.
މި އޯޑަރު 500 އަށްވުރެ އިތުރުވެއްޖެނަމަ، މިއީ މަތިންދާބޯޓު އުފައްދާ ސިނާޢަތުގެ ތާރީޚުގައިވެސް ހިންގާނެ އެންމެ ބޮޑު އެއް ވިޔަފާރި މުޢާމަލާތަށް ވާނެއެވެ.
އެއްބަސްވުމާ މެދު އުފެދިފައިވާ ސުވާލުތައްރައީސް ޓްރަމްޕް މިކަން އިޢުލާން ކުރެއްވި ނަމަވެސް، މިއީ މުޅިން އަލަށް ދިން އޯޑަރެއްތޯ ނުވަތަ ކުރިން އެއްބަސްވެފައިވާ އޯޑަރުތަކެއްގެ ތެރެއިން ހިމެނޭ ބައެއްތޯއާ މެދު މާހިރުން ސުވާލު އުފައްދައެވެ. ޢާންމުކޮށް މިފަދަ ދަތުރުފުޅުތަކުގައި، ކުރިން ނިންމާފައި ހުންނަ މުޢާމަލާތްތައް ރަސްމީކޮށް އިޢުލާންކުރުމަކީ ޗައިނާއިން ގެންގުޅޭ އުސޫލެކެވެ.
އަނެއްކޮޅުން، ޗައިނާގެ އަމިއްލަ މަތިންދާބޯޓު އުފައްދާ ކުންފުނި "ކޮމެކް" އިން އުފައްދާ ސީ-919 ބޯޓުތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށްވެސް ޗައިނާއަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
ބައެއް އޭވިއޭޝަން މާހިރުން ބުނާ ގޮތުގައި، ބޯޓުތައް ގަތުމަށްފަހު ބޭނުންވާ މަރާމާތުގެ ޚިދުމަތާއި ސްޕެއަރ ޕާޓްސް ލިބުމުގައި އެމެރިކާއިން އަޅާފާނެ ހުރަސްތަކާމެދު ޗައިނާގެ އެއަރލައިންތަކުން އަދިވެސް ކަންބޮޑުވެއެވެ.
ޓްރަމްޕްގެ މި އިޢުލާނާއެކު ބޮއިންގްގެ ހިއްސާގެ އަގަށް ކޮންމެވެސް ވަރެއްގެ ލޮޅުމެއް އަޔެވެ. އެއީ ގިނަ އިންވެސްޓަރުން އުންމީދުކޮށްގެން ތިބީ 500 އަށްވުރެ ގިނަ ބޯޓުގެ އޯޑަރެއް ލިބޭނެ ކަމަށެވެ. ނަމަވެސް، ޓްރަމްޕް ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަންނަ ސެޕްޓެމްބަރު މަހު އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.
ވިޔަފާރީގެ މާހިރުން ދެކޭގޮތުގައި، މި އެއްބަސްވުމަކީ އެމެރިކާއާއި ޗައިނާގެ އިޤްތިސާދީ ގުޅުން ރަނގަޅުވަމުންދާ ކަމުގެ ރަމްޒެކެވެ. އެހެންނަމަވެސް، ގިނަ ބަޔަކު އަދިވެސް ތިބީ މިކަމުގެ އިތުރު ތަފްސީލުތަކާއި ރަސްމީ ކަށަވަރުކުރުންތަކަށް އިންތިޒާރުކޮށްގެންނެވެ. މިހާރަކަށް އައިސް ޓްރަމްޕް އެހެން ޤައުމުތަކުގެ ވާހަކަ ދައްކާއިރު އާޙިރުގައި އެކަން ވެނިމިފައި އޮންނަނީ ބުނާ ގޮތާ ޙިލާފަށެވެ. މިސާލަކަށް ދޭތެރެ އަކުން އިރާން އިން ހަނގުރާމަ ހުއްޓަން އެއްބަސް ވީކަމާ، ހޮރްމޫޒް ކަނޑު އޮޅި ހުޅުވަން އެއްބަސްވެފައި ވާކަމުގެ ވާހަކަ އަކީ މަޝްހޫރު ވާހަކަތަކެވެ.

ކިޔުންތެރިންގެ ހިޔާލު