ގުއަޓަމާލާގައި މީހަކު އޭނާގެ ލޯބިވެރިޔާއަށް ކައިވެންޏަށް ހުށަހެޅި ވަގުތު، ފަހަތުން އަލިފާން ފަރުބަދައެއް ގޮވި މަންޒަރު ފެންނަ ހިތްގައިމު ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެއްޖެއެވެ.
މި ވީޑިއޯ އިންޓަނެޓަށް ދޫކޮށްލަމުން މާރިއޯ ނައުފަލް ލިޔެފައިވަނީ، ގުއަޓަމާލާގެ "ވޮލްކަން ޑި ފުއޭގޯ" އަލިފާން ފަރުބަދަ ފަހަތަށް ފެންނަން ހުރި ގޮތަށް، އެ މީހާ ކަކޫ މައްޗަށް ތިރިވެ ކައިވެންޏަށް ހުށަހެޅި ވަގުތަކީ ސީދާ އަލިފާން ފަރުބަދަ ގޮވައިގެން ދިޔަ ވަގުތު ކަމަށެވެ. މިއީ ސީދާ ރޭވުމެއްގެ ދަށުން ހިނގި ކަމެއް ފަދަ ފުރިހަމަ ގޮތަކަށް ހިނގި ކަމަކަށް ވުމުން، ގިނަ ބަޔަކު ދަނީ މިއީ މިހާތަނަށް ފެނުނު އެންމެ ވަރުގަދަ އަދި އެންމެ ފުރިހަމަ "ބެކްޑްރޮޕް" ކަމަށް ބުނަމުންނެވެ.
މި ހިތްގައިމު މަންޒަރު ފެންނަ ވީޑިއޯއަށް ސޯޝަލް މީޑިއާގައި މިލިއަނުން ވިއުސް ލިބެމުންދާއިރު، އާންމުން ދަނީ ތަފާތު ޝުއޫރުތައް ފާޅުކުރަމުންނެވެ. ބައެއް މީހުން ސިފަކުރާ ގޮތުގައި މިއީ ފިލްމެއްގެ މަންޒަރެއް ފަދަ "ސިނަމެޓިކް" ވަގުތެކެވެ. އަދި ކައުނުންވެސް އެ ދެމީހުންގެ އުފަލުގައި ބައިވެރިވެ، އުފާފާޅުކުރަނީ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.
ނަމަވެސް، ބައެއް މީހުން މިކަމާ ގުޅޭގޮތުން މަޖާ ކޮމެންޓްތައް ވެސް ކޮށްފައިވެއެވެ. އެގޮތުން އެކަކު ބުނެފައިވަނީ، އަލިފާން ފަރުބަދަ ގޮވުމަކީ އެ ކައިވެނި ނުކުރުމަށް ކައުނުން ދިން އިންޒާރެއް ކަމަށާއި، އެ އިންޒާރަށް ބެލުމެއް ނެތް އެ މީހާ ކައިވެންޏަށް ހުށަހެޅީ ކަމަށެވެ. މީގެ އިތުރުން، އެއީ ވަރަށް އުސް ފަރުބަދަމަތީ ސަރަހައްދަކަށް ވުމުން، އެވަރުގެ އުސް ތަނެއްގައި ހުރެފައި "ނޫނެކޭ" ބުނުމުގެ ފުރުސަތު އަންހެން ކުއްޖާއަށް ނޯންނާނެ ކަމަށް ބުނެ ބައެއް މީހުން ސަމާސާ ކޮށްފައިވެއެވެ.
މި ޕްރޮޕޯސަލްއަށް ތައުރީފު ކުރި މީހުން ބުނެފައިވަނީ މިއީ ވަރަށް ލޯބި މަންޒަރެއް ކަމަށާއި، އެ ދެމީހުންގެ ކުރިމަގަށް ހެޔޮ ދުއާކުރާ ކަމަށެވެ. އަދި މިއީ އެމީހުންގެ ދިރިއުޅުމުގައި ފެންނާނެ ހަމައެކަނި "ގޮވުން" ކަމަށް އުންމީދުކުރާ ކަމަށް ވެސް ބައެއް މީހުން ލިޔެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު