ނެދަލޭންޑްސްއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ދުނިޔޭގެ އިގްތިސާދަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާ މެދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
ބޮޑުވަޒީރު މޯދީ ވިދާޅުވީ، މިހާރު ދުނިޔެއަށް ކުރިމަތިވަމުންދާ އެކިކަހަލަ ކްރައިސިސް ނުވަތަ ބޮޑެތި މައްސަލަތަކަށް ހައްލެއް ނުހޯދި ދިގުލައިގެންދާ ނަމަ، ފަގީރުކަން ނައްތާލުމަށާއި އިންސާނީ ތަރައްގީއަށްޓަކައި ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުނިޔޭގެ ގައުމުތަކުން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކާއި ކާމިޔާބީތައް މުޅިން ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
އަދި ދުނިޔޭގެ މަސްރަހު މިހާރު އޮތް ގޮތުން އިގްތިސާދީ ދުވެލި މަޑުޖެހި، އޭގެ ނޭދެވޭ އަސަރު އެންމެ ނިކަމެތި ގައުމުތަކަށް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ބޮޑުވަޒީރު މޯދީ ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ ސަބަބުންނާއި، އިގްތިސާދީ މާހައުލަށް އަންނަމުންދާ ލޮޅުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރިތަކަށާއި ސަޕްލައި ޗެއިންއަށް ބޮޑެތި ބުރޫތަކެއް އަރަމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި މިފަދަ މައްސަލަތަކުގެ ސަބަބުން ކާބޯތަކެއްޗާއި ހަކަތައިގެ އަގުތައް އިންތިހާއަށް އުފުލި، ތަރައްގީވަމުން އަންނަ ގައުމުތަކަށް އޭގެ ބުރަ ބޮޑުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މޯދީ ވިދާޅުވި ގޮތުގައި، މިހާރުން މިހާރަށް މިކަންކަމަށް ފިޔަވަޅެއް ނާޅައިފިނަމަ، ގައުމުތަކުން ލިބިގަނެފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ފަހަތަށް ޖެހި، ދުނިޔޭގެ އާބާދީގެ ބޮޑު ބައެއް އަނެއްކާވެސް ފަގީރުކަމުގެ އަނދަވަޅަކަށް ވެއްޓުމުގެ ފުރުސަތު އެބައޮތެވެ.
އެހެންކަމުން، މި ނާޒުކު ދަނޑިވަޅުގައި ދުނިޔޭގެ ހަމަޖެހުމާއި ކުރިއެރުން ދެމެހެއްޓުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި އަވަސް އަދި ވަރުގަދަ އެއްބާރުލުމެއް ގާއިމުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް މޯދީ ވިދާޅުވިއެވެ.
އަދި ދުނިޔޭގެ ބާރުތަކުން އަމިއްލަ މަސްލަހަތަށްވުރެ ބޮޑަށް، މުޅި ދުނިޔޭގެ އިގްތިސާދީ ހަމަޖެހުމަށް އިސްކަންދީ، ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ ދުނިޔޭގެ އިސްވެރިންނަށް ގޮވާލައްވާފައެވެ.
ނެދަލޭންޑްސްގައި ތިބި އިންޑިއާގެ ރައްޔިތުންނާ މުހާތަބުކުރައްވަމުން މޯދީ އިތުރަށް ވިދާޅުވީ، ދުނިޔެ ކިތަންމެ ބޮޑު ގޮންޖެހުމެއްގައި އޮތް ނަމަވެސް، އިންޑިއާއިން އަބަދުވެސް މަސައްކަތް ކުރާނީ ދުނިޔޭގެ ސުލްހައަށާއި، ހަމަޖެހުމަށާއި އަދި އެންމެންގެ ކުރިއެރުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު