ކުރީގެ ރައީސް މުޙައްމަދު ނަޝީދު ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުން ބަންދުކޮށްފައިވާ ސަރަޙައްދެއްގެ ބެރިކޭޑް ފަޅާލި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކުރަން ޖެހޭ ކަމަށް ހޯމްލޭންޑް ސެކިއުރިޓީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ސިއްދީޤު ވިދާޅުވީ، ކުރީގެ ތިން ރައީސުން ބޭއްވެވި ބައްދަލުވުމަށް ފަހު ނިކުންނަވައި، އޭގެ ތެރެއިން ރައީސް ނަޝީދު ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ޤާނޫނާ ޚިލާފު ޢަމަލުތަކެއް ހިންގަވާފައި ކަމަށެވެ. މިގޮތުން ފުލުހުން ޖަހާފައިވާ ބެރިކޭޑްތައް ފަޅާލައި، ހިންގި މި އަމަލުގައި އެމަނިކުފާނުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިބޭ އެސްޕީޖީގެ އޮފިސަރުންގެ ބައިވެރިވުން އޮތްތޯ ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު ސިއްދީޤު ވިދާޅުވީ، ކުރީގެ ރައީސުންގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިއްބަވާ އެސްޕީޖީގެ އޮފިސަރުންނަކީ އެ ބޭފުޅުން ޖިނާޢީ ކުށެއް ކުރައްވަމުންދާއިރު، އެކަމަށް އެހީތެރިކަން ދޭން ތިބޭ ބައެއް ނޫން ކަމަށެވެ. އަދި ކުރީގެ ރައީސުން ޤާނޫނާ ޚިލާފު ކަމަކަށް އަމިއްލައަށް ހުށަހެޅިގަންނަ ވަގުތު، އެކަމުން އެ ބޭފުޅުން ދުރުކުރުމުގައި ސެކިއުރިޓީންގެ ދައުރު މިއަށްވުރެ ހަރުދަނާކުރަން ޖެހޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ސެކިއުރިޓީ ބަލަހައްޓާ ނިޒާމުގެ ތެރެއިން އިޞްލާޙުކުރަންޖެހޭ ކަންކަން ދެނެގަނެ، އެކަންކަން ރަނގަޅުކުރަން ޖެހޭ ކަމަށްވެސް ސިއްދީޤު ވިދާޅުވިއެވެ. އަދި މި ހާދިސާއާ ގުޅިގެން ރައީސް ނަޝީދު ހިންގެވި ޤާނޫނާ ޚިލާފު ޢަމަލުތައް މިހާރުން މިހާރަށް ތަޙްޤީޤު ކުރުމަށް އޭނާ ވަނީ ގޮވާލަށްވާފައެވެ.
ސިއްދީޤު މިހެން ވިދާޅުވެފައިވާއިރު، ރައީސުންގެ ބައްދަލުވުމަށްފަހު ކުރީގެ ރައީސުން ގެއަށް ވަޑައިގަތުމަށް އުޅުއްވި ވަގުތު އެކަމަށް ފުލުހުން ހުރަސް އެޅުމުން، ރައީސުންގެ ސަޕޯޓަރުންނާއި، ފުލުހުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވެއެވެ.

ކުރީގެ ރައީސުންގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިއްބަވާ އެސްޕީޖީންނަކީ، ކުރީގެ ރައީސުން ޖިނާޢީ ކުށެއް ކުރަމުންދާއިރު އެކުށް ކުރުވުމަށް އެހީތެރިކަން ދޭން ތިބޭ ބައެއް ނޫން.
— أَحْمَدُ صِدِّيْقُ (@AhmedSiddeeq) May 17, 2026
ކުރީގެ ތިން ރައީސުންގެ ބައްދަލު ވުމަކަށް ފަހު ނިކުންނަވައި، އޭއިގެ ތެރެއިން އެއްބޭފުޅަކު ކަމުގައިވާ ރައީސް… pic.twitter.com/e0hva6wLAl
މީގެ އިތުރުން، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ސެކިއުރިޓީ ބަލަހައްޓާ ނިޒާމުގެ ތެރެއިން އިޞްލާޙުކުރަންޖެހޭ ކަންކަން ދެނެގަނެ، އެކަންކަން ރަނގަޅުކުރަން ޖެހޭ ކަމަށްވެސް ސިއްދީޤު ވިދާޅުވިއެވެ. އަދި މި ހާދިސާއާ ގުޅިގެން ރައީސް ނަޝީދު ހިންގެވި ޤާނޫނާ ޚިލާފު ޢަމަލުތައް މިހާރުން މިހާރަށް ތަޙްޤީޤު ކުރުމަށް އޭނާ ވަނީ ގޮވާލަށްވާފައެވެ.
ސިއްދީޤު މިހެން ވިދާޅުވެފައިވާއިރު، ރައީސުންގެ ބައްދަލުވުމަށްފަހު ކުރީގެ ރައީސުން ގެއަށް ވަޑައިގަތުމަށް އުޅުއްވި ވަގުތު އެކަމަށް ފުލުހުން ހުރަސް އެޅުމުން، ރައީސުންގެ ސަޕޯޓަރުންނާއި، ފުލުހުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު