ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މަލީހް ޖަމާލް،
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މަލީހް ޖަމާލް،
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މަލީހް ޖަމާލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މި ހިނގާ ރިޔާސީ ދައުރު ނިމުމުގެ ކުރިން ވެރިކަން ކުރާ ޕީއެންސީ މުޅިން ނެތިގޮސް ވަޅުޖެހޭނެ ކަމަށް ވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދާޅުވީ މީސްމީޑިއާގެ މަންސައެއް ކަމަށްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން މަލީހް ފާހަގަކުރެއްވި ގޮތުގައި ރައީސް މުއިއްޒަކީ ސިޔާސީ ޕާޓީއެއް ކުރިއަށް ނެރެ ހިންގޭ ފަދަ ގާބިލު ސިކުނޑިއެއް، ތަޖުރިބާއެއް ނުވަތަ ސިޔާސީ ނެޓްވޯކެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް ނޫނެވެ. އަދި އެމަނިކުފާނުގެ ކިބައިގައި ކެތްތެރިކަމާއި، މީހުން ޝައުގުވެރިކުރުވާ ފަދަ ވާހަކަދެއްކުމުގެ ހުނަރެއް ނެތްކަމަށް ވެސް މަލީހް ވިދާޅުވިއެވެ.

މިކަމާ ގުޅުވައިގެން ޕީޕީއެމްގެ އާންމު މެމްބަރުންނަށް ހަގީގަތް ވިސްނައިގަތުމަށް ގޮވާލައްވަމުން އޭނާ ވިދާޅުވީ، އެ މެމްބަރުންނަށް މިހާރު ތިބެވުނީ ފެތެމުންދާ ސިޔާސީ އޮޑިއެއްގެ ރިޔަލު ދަށުގައި ކަމަށެވެ.

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހަށް އަލިއަޅުވާލައްވަމުން މަލީހް އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު ގެންދަވަނީ ދައުލަތުގެ ތިން ބާރު އެމަނިކުފާނުގެ މުށުތެރެއަށް ފިއްތާލައިގެން ޚުދުމުހުތާރު ވެރިކަމެއް ކުރައްވަމުންނެވެ.

އަދި ގައުމުގެ ހަމަޖެހުމަށްޓަކައި މިފަދަ ޚުދުމުހުތާރު އަމަލުތައް ވަގުތުން ހުއްޓާލައި، މުށުތެރެއަށް ލައްވައިގެން އުޅުއްވާ ބާރުތައް ދޫކޮށްލުމަށް ވެސް މަލީހް ވަނީ ރައީސަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން، ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން، މިހާރުގެ ސަރުކާރުން މީޑިޔާތަކަށް ބިރުދައްކައި، ރައްޔިތުންނާ ހަމައަށް ހަގީގަތް ތިލަވިޔަނުދީ އަޑުކަނޑުވާލުމަށް ނުފޫޒު ފޯރުވަމުންދާ ކަމަށް މަލީހް ތުހުމަތުކުރެއްވިއެވެ.

އެހެންކަމުން، ރައްޔިތުންނަށް ހަގީގީ މައުލޫމާތު ލިބުން ހުއްޓުވުމުގެ މަގްސަދުގައި ހަދާފައިވާ އެންމެހާ ގާނޫނުތަކާއި ގަވާއިދުތައް އުވާލުމަށް ވެސް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް ވަނީ ރައީސް މުއިއްޒަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު