އދ. މަހިބަދޫ ކައުންސިލްގެ ނައިބު ރައީސް ހޮވުމަށް ބޭއްވި އިންތިޚާބު އަށްވަނަ ފަހަރަށް ބާއްވައި، އެ މަގާމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ކައުންސިލަށް އިންތިޚާބުވި ޒައީމާ މުޙައްމަދު ރޭ އިންތިޚާބުކޮށްފިއެވެ.
މަހިބަދޫ ކައުންސިލްގެ ނައިބު ރައީސް ހޮވުމުގައި ކުރިމަތިވެފައި އޮތް މަރުތަޅު ނައްޓާލައި، ޒައީމާ މި މަގާމަށް އިންތިޚާބުވީ ރޭ 9:00 ގައި ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައެވެ. މި ވޯޓުގައި ޒައީމާއަށް ތިން ވޯޓު ލިބިވަޑައިގަތްއިރު، އޭނާއާ ވާދަކުރެއްވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މުޙައްމަދު މައުމޫނަށް ލިބިވަޑައިގަތީ ދެ ވޯޓެވެ. ޒައީމާއަކީ މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މަހިބަދޫ ރަށު ކައުންސިލްގެ ރައީސްކަމަށްވެސް ވާދަކުރެއްވި ބޭފުޅެކެވެ.
ނައިބު ރައީސްކަމަށް އެންމެ ފުރަތަމަ ތިން ބޭފުޅަކު ވާދަކުރެއްވިއެވެ. އެއީ ޒައީމާ އާއި މައުމޫނުގެ އިތުރުން މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި ބުންޔާމީން ޙަސަނެވެ. ފުރަތަމަ ބުރުގެ ވޯޓުގައި ޒައީމާ އަދި މައުމޫނަށް ދެ ވޯޓު ލިބުނުއިރު، ބުންޔާމީނަށް ލިބުނީ އެންމެ ވޯޓެކެވެ. އޭގެ ފަހުން ބޭއްވި ބުރުތަކުގައި ވެސް ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވެ، ބައެއް ވޯޓު ކަރުދާސް ބާތިލުވުމުގެ ސަބަބުން ނަތީޖާއެއް ނުނެރެވި ގިނަ ވަގުތުތަކެއް ވަނީ ހޭދަވެފައެވެ.
މަހިބަދޫ ކައުންސިލަރުން މިދިޔަ އާދީއްތަ ދުވަހު ހުވާކުރި ނަމަވެސް، ނައިބު ރައީސަކު އިންތިޚާބު ނުކުރެވުމުގެ ސަބަބުން ކައުންސިލްގެ ރަސްމީ މަސައްކަތްތައް އޮތީ ހުއްޓިފައެވެ. ގަވާއިދު ބުނާގޮތުން ކައުންސިލަރުން ހުވާކުރުމަށްފަހު ބާއްވާ ފުރަތަމަ ޖަލްސާގައި ނައިބު ރައީސަކު އިންތިޚާބު ކުރަންޖެހެއެވެ.
މި މަގާމަށް ބޭފުޅަކު ހޮވުމަށްޓަކައި ހުވާކުރި ދުވަހު އެކަނިވެސް ހަ ޖަލްސާ ބޭއްވިއެވެ. އަދި އިއްޔެ މެންދުރުފަހު ބޭއްވި ހަތްވަނަ ޖަލްސާވެސް ނިމުނީ ނަތީޖާއެއް ނުނެރެވިއެވެ. ނަމަވެސް ރޭ ބޭއްވި އަށްވަނަ ޖަލްސާގައި މިވަނީ ކައުންސިލްގެ ނައިބު ރައީސަކު ކަނޑައެޅިފައެވެ.

ކިޔުންތެރިންގެ ހިޔާލު