ފަލަސްޠީނުގެ ބަންދުކޮށްފައިވާ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލޭއޮހޮރުވުންތަކާއި ލާއިންސާނީ ޙަމަލާތަކުގެ ސަބަބުން، އެ ސަރަޙައްދުގެ ކުޑަކުދިން ތަޙައްމަލު ކުރަމުންދާ ވޭނާއި ކެކުޅުން ސިފަކޮށްދޭ އަސަރުގަދަ މަންޒަރެއް ދާދިފަހުން ވަނީ އާންމުވެފައެވެ.
އެގޮތުން، ލޮލަށް ލިބިފައިވާ ބޮޑެތި ޒަޚަމްތަކާއެކު ބެންޑޭޖް އަޅައިގެން ހުރި ކުޑަ ފިރިހެން ކުއްޖަކު، ހިލޭސާބަހަށް ކާބޯތަކެތި ބަހާ ބަދިގެއެއްގެ ދިގު ކިއޫގައި އެތައް ގަޑިއިރެއް ވަންދެން މަޑުކޮށްގެން ހުއްޓެވެ. ހިރަފުހުން ތަޣައްޔަރުވެފައިވާ މޫނުމަތިންނާއި މުޅި ހަށިގަނޑުން އިންތިހާއަށް ވަރުބަލިކަން ފެންނަން ހުރި މި ކުއްޖާއަށް، އެތައް އިރެއްގެ އިންތިޒާރަށްފަހު ލިބުނީ ހަމައެކަނި ކުޑަ ސޫޕް ބޭންޑެކެވެ. މިއީ މިއަދު ޣައްޒާގެ ހާލަތު ހުރިގޮތް ދުނިޔެއަށް ހާމަކޮށްދިން ހިތްދަތި މަންޒަރެކެވެ.
މި ފޮޓޯއިން ރަމްޒުކޮށްދެނީ، ކެއިންބުއިމުން މަޙްރޫމްވެ، ކާބޯތަކެއްޗަށް ޖެހިފައިވާ އަދި އަސާސީ ބޭސްފަރުވާއެއް ނުލިބި ހާލުގައި އުޅެމުންދާ ޣައްޒާގެ އެތައް ހާސް ކުޑަކުދިންނެއްގެ ދިރިއުޅުމުގެ ހިތްދަތި ޙަޤީޤަތެވެ.
އިސްރާއީލުގެ ރަޙުމްކުޑަ ޙަމަލާތަކާއި ބަންދުކުރުންތަކުގެ ސަބަބުން އުފެދިފައިވާ މި އިންސާނީ ކާރިސާގެ ސަބަބުން، ޣައްޒާގެ ކުޑަކުދިން ދަނީ ކޮންމެ ދުވަހަކުވެސް ނުހަނު ބޮޑެތި ތަކުލީފުތަކެއް އުފުލަމުންނެވެ.
މި އަސަރުގަދަ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވަނީ މަޝްހޫރު ފޮޓޯގްރާފަރުން ކަމުގައިވާ ޢަބްދުލްޙަކީމް އަބޫ ރިޔާޝް އަދި މަޙްމޫދު ޙަމްދާ އެވެ.

ކިޔުންތެރިންގެ ހިޔާލު