މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަކީ ރާއްޖޭގެ އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުންދާ ކަމެކެވެ. ނަމަވެސް، މި މައްސަލައަށް ދާއިމީ އަދި އަވަސް ހައްލެއް ހޯދުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އާއި ޝިޕިން އެޖެންޓުން ގުޅިގެން މިހާރު ވަނީ އުންމީދީ މަސައްކަތްތަކެއް ފަށާފައެވެ. މި މަސައްކަތްތަކުގެ އެންމެ ފަހުގެ ނަތީޖާއަކީ، ބަނދަރުގެ ހާލަތާ ގުޅިގެން ޝިޕިން ލައިންތަކުން ނަގަން ނިންމި އިތުރު ފީތައް ނެގުން މިވަގުތަށް މަޑުޖައްސާލުމެވެ.
މި އަހަރުގެ މޭ މަހުގެ ކުރީކޮޅު މާލޭ ވިޔަފާރި ބަނދަރުގެ ތޮއްޖެހުން އިންތިހާއަށް ބޮޑުވެ، މުދާ ބޭލުމަށް ހޭދަވާ ވަގުތު ދިގުލައިދިއުމުގެ ސަބަބުން ދުނިޔޭގެ ބޮޑެތި ޝިޕިން ލައިންތަކުން ވަނީ ރާއްޖެއަށް މުދާ އުފުލާ އަގުތައް (ފްރައިޓް ފީ) ބޮޑުކުރަން ނިންމާފައެވެ. އެގޮތުން ސީ.އެމް.އޭ ސީ.ޖީ.އެމް އަދި ހެޕަގް-ލޮއިޑް އިން ކޮންޓޭނަރަކަށް 400 އާއި 600 ޑޮލަރާ ދެމެދުގެ އަދަދެއް އިތުރުކުރަން ނިންމިއިރު، ރާއްޖެއަށް އެންމެ ފުޅާދާއިރާއެއްގައި މުދާ އުފުލާ އެމް.އެސް.ސީ އިން ވަނީ ކޮންޓޭނަރަކަށް 450 ޑޮލަރު އިތުރުކުރާނެކަން ރަސްމީކޮށް އަންގާފައެވެ. މި ފިޔަވަޅަކީ ބޯޓުފަހަރު ބަނދަރުގައި މަޑުކުރަންޖެހުމުން ހިންގުމުގެ ޚަރަދު ބޮޑުވުމާ ގުޅިގެން އެޅި ފިޔަވަޅެކެވެ. މީގެ ސަބަބުން މަހެއްގެ މައްޗަށް ގާތްގަނޑަކަށް 2.7 މިލިއަން ޑޮލަރު ރާއްޖޭން ބޭރުވެ، ބޭރު ފައިސާގެ ރިޒާވަށް ބޮޑު ލޮޅުމެއް އަންނާނެ ކަމަށް އޭރު އޮތީ ބެލެވިފައެވެ.
މި ހާލަތުން އަރައިގަތުމަށްޓަކައި އެމް.އެސް.ސީގެ ރާއްޖޭގެ އެޖެންޓް، ސެންޗޫރިއަން އިން އެމް.ޕީ.އެލް އާއެކު ބޭއްވި މަޝްވަރާތަކުން ވަނީ އެދެވޭ ކުރިއެރުންތަކެއް ލިބިފައެވެ. ޚާއްޞަކޮށް ސްޓޯރޭޖް ފީއަށް ލުޔެއް ދިނުމަށް ޝިޕިން އެޖެންޓުން އެދިފައިވާތީ، އެމް.ޕީ.އެލް އިން ބުނެފައިވަނީ ސްޓޭކް ހޯލްޑަރުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއަހައި، ކުންފުނީގެ އޮޕަރޭޝަންސްތައް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޝިޕިން އެޖެންޓުންގެ ހުށަހެޅުންތަކަށް ބަލައި، ސްޓޯރޭޖް ބިލްތަކަށް ރަނގަޅު ގޮތެއް ހޯދުމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށްވެސް އެމްޕީއެލް އިން ވަނީ ބުނެފައެވެ.
ބަނދަރުގެ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން އެމް.ޕީ.އެލް އިން ވަނީ އަމަލީ ގޮތުން މުހިންމު ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން ޖުލައި 1 އިން ފެށިގެން ހުސް ކޮންޓޭނަރުތައް ތިލަފުށީ ބަނދަރުން ލޯޑުކުރެވޭ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިކަމާ ގުޅޭގޮތުން އެމް.ޕީ.އެލް އިން މައުލޫމާތު ދިން ގޮތުގައި، ތިލަފުށީގައި 3,000 ޓީ.އީ.ޔޫގެ ކެޕޭސިޓީ ހުރި އެމްޕްޓީ ކޮންޓޭނަރ ޑީޕޯއެއް މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން ދަނީ ބޭނުންކުރަމުންނެވެ. މި ބަދަލުގެ ސަބަބުން މާލޭ ބަނދަރާއި ހުޅުމާލޭ ޓަރމިނަލަށް ޖާގައިގެ ގޮތުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނު ނަމަވެސް، ފުރިހަމަ ހައްލެއް ލިބޭނީ މުޅި ބަނދަރު ތިލަފުއްޓަށް ބަދަލުކުރެވުމުން ކަމަށް އެ ކުންފުނިން ދެކެއެވެ.
ޝިޕިން ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، ކުރީގެ ތޮއްޖެހުމާ އަޅާބަލާއިރު ބަނދަރުގެ ހާލަތު މިހާރު ވަނީ ކޮންމެވެސް ވަރަކަށް ރަނގަޅުވެފައެވެ. އަވަށްޓެރި ލަންކާ ބަނދަރުގައި މުދާ ތޮއްޖެހިފައި އޮތް އޮތުމަށް ވެސް ބޮޑު ލުޔެއް ލިބިފައިވީ ނަމަވެސް، ބައެއް ވިޔަފާރިވެރިންގެ މުދާ ލަންކާގައި ދެ މަހަށްވުރެ ގިނަ ދުވަހު މަޑުކުރަން ޖެހިފައިވާތީ، އެ މުދާ އެއްކޮށް ރާއްޖެއަށް ގެނެސް ނިމުމަށް އަދި ދުވަސްކޮޅެއް ނަގާނެއެވެ. މި މުދާތައް އަވަހަށް ބޭލުމަށްޓަކައި އެމް.ޕީ.އެލްގެ އޮޕަރޭޝަންސް ޓީމުތަކުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.
ރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުންދާ ވަރަކަށް މާލޭ ބަނދަރަށް އޮތް ބާރު ބޮޑުވަމުންދާކަން ތަފާސްހިސާބުތަކުން ފެނެއެވެ. 1995 ވަނަ އަހަރު އެންމެ 7,842 ޓީ.އީ.ޔޫގެ ކޮންޓޭނަރު ބެލެހެއްޓިއިރު، 2023 ވަނަ އަހަރު މި އަދަދު ވަނީ 120,849 އަށް އުފުލިފައެވެ. އަދި ބަނދަރަށް ކައިރިކުރާ އުޅަނދުތަކުގެ އަދަދުވެސް ވަނީ އެތައް ގުނައެއް އިތުރުވެފައެވެ. މި ހަލުވި ކުރިއެރުމާ އެއްވަރަށް ބަނދަރުގެ ވަސީލަތްތައް ތަރައްޤީކުރުމަކީ ގޮންޖެހުމެއް ނަމަވެސް، އެމް.ޕީ.އެލް އިން މިހާރު ގެންނަން ފަށާފައިވާ ބަދަލުތަކަކީ މުސްތަޤްބަލުގައި މުދާ އުފުލުމުގެ އަގުތައް ހެޔޮވެ، އިޤްތިޞާދަށް ހަމަޖެހުން ގެނެސްދޭނެ މުހިންމު ފިޔަވަޅުތަކެކެވެ. އިޤްތިޞާދަށް އޮތް އެންމެ ބޮޑު އަނެއް ލުޔަކީ، މި މަސައްކަތްތަކަށް އިތުބާރުކޮށް ޝިޕިން ލައިންތަކުން ފީ ބޮޑުކުރުން މަޑުޖައްސާލާފައި އޮތުމެވެ.

ކިޔުންތެރިންގެ ހިޔާލު