މާލޭގެ މަސް މާރުކޭޓު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުން ލަސްވަނީ މާލެ ސިޓީ ކައުންސިލުން ބިން ހަވާލު ނުކޮށްގެން ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން ބުނެފައި ވަނިކޮށް، އެ ބިމަކީ ކައުންސިލްގެ ކުރީ ދައުރުގައި ދެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ބިމެއް ކަމަށް ބުނެ ސިޓީ ކައުންސިލުން ރައްދު ދީފިއެވެ.
ސިޓީ ކައުންސިލުން މިއަދު ބުނީ، މި މަޝްރޫއު މިހާރު އޮތީ ގާނޫނީ ގޮތުން ބޮޑު އޮޅުންބޮޅުމެއްގެ ތެރޭގައި ކަމަށެވެ. ކައުންސިލުން ބުނީ، މިދިޔަ ދައުރުގައި އެ ބިން ދެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
"ދެ އެއްބަސްވުމެއްގައި ސޮއިކޮށް، އޭގެ ތެރެއިން އެއް ފަރާތަކުން ވަނީ ކުރެހުންތައް ވެސް ފާސްކޮށްފައި. މިއީ 2024 ގެ ކުރިން މިދިޔަ ދައުރުގައި ހިނގާފައިވާ ކަންކަން." ކައުންސިލްގެ މީޑިއާ އޮފިސަރ ޝަތުފާ ވިދާޅުވެފައިވެއެވެ.
އެ ދުވަސްވަރު ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތީ ވެރިކަންކުރާ ޕީއެންސީއަށެވެ. ނަމަވެސް، އަލަށް ހުވާކުރި ކައުންސިލާއެކު މިހާރު މެޖޯރިޓީ އޮތީ އިދިކޮޅު އެމްޑީޕީއަށެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް މީގެ ކުރިން ތުހުމަތު ކުރައްވާފައިވާ ގޮތުގައި، މި މަޝްރޫއަށް މިލިއަން ޑޮލަރުގެ ދެ ކޮންޓްރެކްޓެއް ކުރިން ހަދާފައިވެއެވެ. ފުރަތަމަ އެއްބަސްވުން 6.1 މިލިއަން ޑޮލަރަށް ހަދާފައި އޮތް ނަމަވެސް، ފަހުން ބިޑް ކޮމިޓީގެ ނިންމުމާ ހިލާފަށް 9.6 މިލިއަން ޑޮލަރުގެ އެހެން އެއްބަސްވުމެއް އެފްޖޭ ޑިޒައިން ކުންފުންޏާއެކު ހަދާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދެވަނަ އެއްބަސްވުމަކީ ކައުންސިލަށް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަށް، އަދި ފައިސާ ނުދެއްކިއްޖެ ނަމަ ބިން ކޮންޓްރެކްޓަރަށް ލިބޭ ގޮތަށް އޮތް ނުރައްކާތެރި އެއްބަސްވުމެއް ކަމަށެވެ.
މި މައްސަލަ ހައްލުކުރުމަށް ކައުންސިލްގެ ޖަލްސާތައް ބާއްވަން މަސައްކަތް ކުރި ނަމަވެސް، ޕީއެންސީގެ މެޖޯރިޓީ އޮތްއިރު ކޯރަމް ހަމަނުވުމުގެ ސަބަބުން އެކަން އޮތީ ނުވެފައެވެ.
ހައުސިންގް މިނިސްޓްރީން ބުނެފައިވަނީ 'ވެޓް މާކެޓް ކޮމްޕްލެކްސް' ތަރައްގީކުރަން ބޭނުންވާ ބިން ހޯދުމަށް މިދިޔަ މާރިޗު މަހުން ފެށިގެން ހަތަރު ފަހަރެއްގެ މަތިން ސިޓީ ކައުންސިލަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. މަޝްރޫއުގެ ފައިނޭންސް ހަމަޖެހި، ކޮންޓްރެކްޓަރު އެމްޓީސީސީ އަމަލީ މަސައްކަތަށް ތައްޔާރުވެފައިވީ ނަމަވެސް، ބިން ހަވާލުނުކުރުމުން މަސައްކަތް ވަނީ ހުއްޓިފައި ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.
މި މަޝްރޫއުގެ ދަށުން ބިނާކުރާ ވެޓް މާކެޓް ކޮމްޕްލެކްސް ފަރުމާކޮށްފައި ވަނީ ހަ ބުރީގެ އިމާރާތެއްގެ ގޮތުގައެވެ. އެގޮތުން ބޭސްމަންޓް ޕާކިންއަށް ހާއްސަ ކޮށްފައިވާއިރު، ގްރައުންޑް ފްލޯ ޚާއްސަ ކޮށްފައިވަނީ މަސް މާރުކޭޓަށެވެ. ހަމައެއާއެކު 1 ވަނަ، 2 ވަނަ އަދި 3 ވަނަ ފްލޯ ދަނޑުވެރިކަމުގެ އުފެއްދުންތަކާއި މޭވާ އާއި ތަރުކާރީ މާރުކޭޓަށް ޚާއްސަކޮށްފައިވާއިރު، ޓެރަސް ޚާއްސަ ކޮށްފައިވަނީ ފުޑް ކޯޓަކަށެވެ.
މީގެ އިތުރުން 5 ލިފްޓާއި، 5 ޓަނުގެ އައިސް މެޝިނެއްގެ އިތުރުން 85،000 އަކަފުޓުގެ ޖާގަ މި އިމާރާތުން ލިބޭނެއެވެ. މި މަޝްރޫއު ނިންމުމަށް ހަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. ނަމަވެސް، ކައުންސިލުން ބުނަނީ ބިން ހަވާލުކުރެވޭނީ މިހާރު އޮތް ގާނޫނީ އޮޅުންބޮޅުންތައް ހައްލުކޮށްގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު