މާލޭގެ ކެފޭ ރެސްޓޯރަންޓުތަކާއި ކޮންސްޓްރަކްޝަން ސައިޓުތަކުގައި ބިދޭސީން މަސައްކަތް ކުރުން އާންމު ކަމަކަށް ވެފައިވާއިރު، ލޯކަލް މާރުކޭޓުގައި ބިދޭސީ މުވައްޒަފުން ތިބުން މައްސަލައަކަށް ވާންޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ސިޓީ ކައުންސިލުގެ 5 ވަނަ ދައުރުގެ ދެވަނަ ރަސްމީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް މި ސުވާލު އުފެއްދެވީ، މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ލަބާން ޝަރީފް މާރުކޭޓުތަކުގައި ބިދޭސީން ތިބޭ މައްސަލަ ފާހަގަކުރެއްވުމާ ގުޅިގެންނެވެ.
މޭޔަރު ވިދާޅުވީ މާރުކޭޓުތަކުގައި މަސައްކަތް ކުރާނެ ދިވެހި މުވައްޒަފުން ހޯދުމަކީ މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. "ދިވެއްސަކު ލިބުނަސް އެއް ދުވަހު މަސައްކަތަށް ދިއުމަށް ފަހު އަނެއް ދުވަހު ނުދާ ކަމަށާއި އެހެންވެ ވިޔަފާރިއަށް ބުރޫއަރާ،" ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ދަތިތަކާ ހުރެ، ހޯމް މިނިސްޓްރީ މެދުވެރިކޮށް އެފަދަ ތަންތަނަށް ބިދޭސީންގެ ކޯޓާ ހަމަޖައްސައިދީފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
ރާއްޖޭގެ އެހެން ހުރިހާ ދާއިރާތަކެއްގައި ވެސް ބިދޭސީން ހަރަކާތްތެރިވަމުންދާކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ، ކޮންމެ ކެފޭއެއްގައި، ރިސޯޓެއްގައި އަދި ކޮންސްޓްރަކްޝަން ކުންފުންޏެއްގައި ވެސް ބިދޭސީން ތިބޭ އިރު، މާރުކޭޓުގައި އެމީހުން ތިބުމުން ބައެއް ފަރާތްތަކުން މައްސަލަ ޖައްސަނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ.
"މި ގައުމުގެ ކޮންތަނެއްގައިތޯ ބޭރު މީހުން ވަޒީފާގައި ނެތީ. އެހެންވީމަ މިހާރު މި ޖެހޭ މައްސަލައަކީ ލޯކަލް މާރުކޭޓުގައި މަސައްކަތު މީހަކަށް ބޭރު މީހެއް ހުރީމަ މައްސަލަ ޖެހޭ،" އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން، ބިދޭސީންނަށް "ސޭޓުން"ގެ ގޮތުގައި ނުތިބެވޭނެ ކަމަށް ގާނޫނުގައި އޮންނަ އޮތުމާ ގުޅޭގޮތުން މޭޔަރު ވިދާޅުވީ، ގާނޫނު ތަންފީޒުކުރާ ނަމަ ފުލުހުންނާއި ކައުންސިލާއި ޓްރޭޑް މިނިސްޓްރީ ގުޅިގެން ހުރިހާ ތަނަކަށް އެއް ހަމައެއްގައި އެކަން ކުރަންޖެހޭ ކަމަށެވެ. ނަމަވެސް އެކަން ކުރަންވާނީ އާންމުންނަށް ލިބޭ ހިދުމަތްތަކަށް ބުރޫނާރާނެ ގޮތަކަށް ބަލައިގެން ކަމަށް އޭނާ ލަފާދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު