ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސާއިންގެ މުސާރަ 33000 ރުފިޔާއަށް ކުޑަކޮށްފިއެވެ.
ނޭޝަނަލް ޕޭ ކޮމިޝަނުން އެންމެ ފުރަތަމަ ނިންމާފައި އޮތީ ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސާއިންނަށް 41،000 ރުފިޔާގެ މުސާރައެއް ދިނުމަށެވެ. އަދި ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނަށް 21،000 ރުފިޔާ ދޭން ނިންމިއެވެ.
ނަމަވެސް ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުހައްމަދު ނިމާލަށް އެޑްރެސްކޮށް މާލީ ވަޒީރު މޫސާ ޒަމީރު އިއްޔެ ފޮނުއްވި ސިޓީއެއްގައި ވަނީ، ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންނަށް މިހާރު ކަނޑައަޅާފައިވަނީ 33،000 ރުފިޔާ ކަމަށެވެ. މީގެ ކުރިން އެ މަގާމުގައި ތިއްބަވާ ބޭފުޅުންނަށް ލިބެމުން އައީ 7،000 ރުފިޔާއެވެ. އެހެންކަމުން މިއީ 26،000 ރުފިޔާގެ ކުރިއެރުމެކެވެ. މީގެ އިތުރުން، ސިޓީތަކުގެ ކޮމިޓީތަކުގެ ނައިބު ރައީސުންނަށް 7،000 ރުފިޔާ އަދި މެންބަރުންނަށް 6،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

ސިޓީތަކުގެ މުސާރަ
ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކަށް ބަލާއިރު، ރައީސާއިންނަށް 21،000 ރުފިޔާ، ނައިބު ރައީސާއިންނަށް 6،000 ރުފިޔާ އަދި މެންބަރުންނަށް 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ކުރިން ރަށްރަށުގެ ކޮމިޓީތަކުގެ ރައީސާއިންނަށް ލިބެމުން އައީ 6،000 ރުފިޔާއެވެ. އެހެންކަމުން ރަށްރަށުގެ ރައީސާއިންގެ މުސާރަ ވެސް ވަނީ 15،000 ރުފިޔާ ބޮޑުވެފައެވެ.

ރަށްރަށުގެ މުސާރަ
އަންހެނުންގެ ކޮމިޓީތަކުގެ މުސާރަ ބޮޑުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭން ތެރޭގައި އެމަނިކުފާނު ވަނީ، މަޖިލީހުގެ މެޖޯރިޓީ ލިބިވަޑައިގެންފި ނަމަ އަންހެނުންގެ ކޮމިޓީތައް ބާރުވެރިކޮށް، އެ ކޮމިޓީތަކުގެ ބަޖެޓު ދެގުނަކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މި ސަރުކާރުން އަންހެނުންގެ ކޮމިޓީތަކުގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ ރޯދަމަހު އެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އެލަވަންސް ދިނުމަށް ވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު