ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަސީމް (ނަފާ ނަސީމް) ސަރުކާރުގެ ސިޔާސަތުތަކަށާއި ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެކްސް އެކައުންޓް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، މިހާރުގެ ސަރުކާރުން ނިންމާ ނިންމުންތަކުގައި ދޯދިޔާކަމެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ކޮންމެ ކަމެއް ނިންމުމަށްފަހު، އެ ނިންމުމެއް ތިން ހަތަރު ފަހަރު ބަދަލުކުރަމުންދާ ކަމަށް ވެސް ނަސީމް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ސަރުކާރުގެ ބޮޑެތި މަގާމުތަކުގައި ތިއްބެވި ވެރިންނާއި މަގާމުތަކުގެ ސާބިތުކަން ކުޑަވުމަކީ ވެސް މިހާރު ފާހަގަކުރެވޭ ބޮޑު މައްސަލައެއްގެ ގޮތުގައި ނަފާ ނަސީމް ވަނީ ސިފަކުރައްވާފައެވެ.
ސަރުކާރުގެ ނިންމުންތަކާއި މަގާމުތަކަށް އަންނަ މިފަދަ އަވަސް ބަދަލުތަކުގެ ސަބަބުން، އާންމުންގެ ފަރާތުން ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތައް ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަސީމްގެ ޕޯސްޓް ނިންމާލަމުން ވިދާޅުވީ، ރައްޔިތުން މިފަދަ ކަންކަމަށް ފާޑުކިޔުމުން ސަރުކާރުގެ ވެރިން އެކަމާ ނުރުހުންތެރިވާ ކަމަށެވެ. އަދި ނިންމުންތައް ބަދަލުވުމާއި، އޭގެ ސަބަބުން ފާޑުކިޔުން ގިނަވުމުން ވެރިން ނުރުހުންވުން މިއީ ހަގީގަތުގައި ވެސް ބޮޑު "ޕަޒަލްއެއް" (އޮޅުންބޮޅުންގަނޑެއް) ގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.

މިހާރު ސަރުކާރުގެ ނިންމުންތައް ދޯދިޔާކަމަށް ފާހަގަކުރެވޭ. ކޮންމެ ކަމެއް ތިން ހަތަރު ފަހަރު ބަދަލުކުރޭ. ވެރިންނާ މަގާމުތައް ވެސް ސާބިތުކަން ކުޑަކަމަށް ފާހަގަކުރެވޭ. އެހެން ވީމާ މީހުންގެ ފާޑުކިޔުން ގިނަވޭ. ފާޑުކިޔާތީ ވެރިން ނުރުހޭ. މިއީ ޕަޒަލްއެއް! ދީ? pic.twitter.com/hLaL7WlP9d
— NafaNaseem (@monasibnaseem) May 22, 2026
މީގެ އިތުރުން، ސަރުކާރުގެ ބޮޑެތި މަގާމުތަކުގައި ތިއްބެވި ވެރިންނާއި މަގާމުތަކުގެ ސާބިތުކަން ކުޑަވުމަކީ ވެސް މިހާރު ފާހަގަކުރެވޭ ބޮޑު މައްސަލައެއްގެ ގޮތުގައި ނަފާ ނަސީމް ވަނީ ސިފަކުރައްވާފައެވެ.
ސަރުކާރުގެ ނިންމުންތަކާއި މަގާމުތަކަށް އަންނަ މިފަދަ އަވަސް ބަދަލުތަކުގެ ސަބަބުން، އާންމުންގެ ފަރާތުން ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތައް ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަސީމްގެ ޕޯސްޓް ނިންމާލަމުން ވިދާޅުވީ، ރައްޔިތުން މިފަދަ ކަންކަމަށް ފާޑުކިޔުމުން ސަރުކާރުގެ ވެރިން އެކަމާ ނުރުހުންތެރިވާ ކަމަށެވެ. އަދި ނިންމުންތައް ބަދަލުވުމާއި، އޭގެ ސަބަބުން ފާޑުކިޔުން ގިނަވުމުން ވެރިން ނުރުހުންވުން މިއީ ހަގީގަތުގައި ވެސް ބޮޑު "ޕަޒަލްއެއް" (އޮޅުންބޮޅުންގަނޑެއް) ގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު