ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ރައްޔިތުންގެ އިހުސާސްތައް ދަނެގެން، ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރައްވަމުންދާ ހިކުމަތްތެރި ލީޑަރެއް ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމަނިކުފާނު ކާމިޔާބު ކުރައްވާނީ 60 އިންސައްތަ ވޯޓުގެ ބޮޑު އަގުލަބިއްޔަތަކުން ކަމަށް އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
ޕީއެންސީން ބޭއްވި ހާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ، ސަރުކާރުގެ ހިންގުމުގައި ވިޔަސް އަދި ސިޔާސީ ޕާޓީއެއްގެ ތެރޭގައި ވިޔަސް، ރައްޔިތުންނާ އެންމެ ގާތް ގުޅުމެއް ބާއްވަވާ ވެރިއަކީ ރައީސް މުއިއްޒުކަން ފާހަގަކުރައްވާފައެވެ.
މި ސަރުކާރަށް ލިބުނީ އެންމެ 30 އިންސައްތަ ވޯޓު ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ޝާހިދު ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި ވެރިކަން ކުރެއްވި ތިން ރައީސުންނަށް ވެސް ފުރަތަމަ ބުރުން 70 އިންސައްތަ ވޯޓު ހޯދިފައި ނުވާ ކަމަށެވެ.
އަދި ވެރިކަމުގެ ފުރަތަމަ ދެއަހަރާ ބައިގެ ތެރޭގައި 30 އިންސައްތަ ތާއީދު އޮތުމަކީ މައްސަލައެއް ނޫން ކަމަށާއި، ބާކީ އޮތް ދެއަހަރާ ބައިގެ ތެރޭގައި އިތުރު 30 އިންސައްތަ ރައްޔިތުންގެ އިތުބާރު ހޯދައި، އިރާދަކުރެއްވިއްޔާ ދެން އަންނަ ދައުރަކަށް ރައީސް މުއިއްޒު ހޮވިވަޑައިގަންނަވާނީ ޖުމްލަ 60 އިންސައްތަ ވޯޓާއެކު ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ ދެއްވިއެވެ.
ސިޔާސީ މައިދާނުގައި ރައީސް މުއިއްޒު ގެންގުޅުއްވާ އަދަބުވެރި އަދި މާތް ސިޔާސަތުތަކަށް ތައުރީފު ކުރައްވަމުން ޝާހިދު ވިދާޅުވީ، އެއްވެސް ސިޔާސީ ވާދަވެރިއަކަށް އިހާނެތި ބަހެއް ނުބުނުމަށް ރައީސް އަބަދުވެސް ނަސޭހަތްތެރިވާ ކަމަށެވެ.
ވަކިން ހާއްސަކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށާއި އެމަނިކުފާނުގެ އާއިލީ ބޭފުޅުންނަށް ހުތުރު ބަސްތަކުން ފާޑުނުކިޔުމަށް ރައީސް މުއިއްޒު ދެއްވާ އިރުޝާދަކީ އެމަނިކުފާނުގެ ހުރި މާތް ސިފައެއް ކަމަށާއި، އެކަމަށްޓަކައި ރައީސް މުއިއްޒަށް ޝުކުރުވެރިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެހެންނަމަވެސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހާ އެކު އަތްގުޅާލައިގެން، މިހާރުގެ ގާނޫނީ ސަރުކާރު ވައްޓާލުމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ރައީސް ޔާމީނަކީ އަބަދުވެސް ގައުމު ދެކެ ލޯބިވާ، އަދި އެމްޑީޕީގެ ވެރިކަންތަކުގައި ހިނގާފައިވާ ގޯސް ކަންތައްތަކުގެ ހަގީގަތް ރައްޔިތުންނަށް އެންމެ ރަނގަޅަށް ހާމަކޮށްދެއްވި ލީޑަރެވެ.
މި ގައުމުގެ ދީނާއި، މިނިވަންކަމާއި، އިސްތިގުލާލަށް އެންމެ ބޮޑަށް ގެއްލުންދިނީ އެމްޑީޕީން ކަމަށާއި، އެ ޕާޓީއަށް ދުވަހަކުވެސް މާފު ނުކުރައްވާނެ ކަމަށް މީގެ ކުރިން ވިދާޅުވީ ރައީސް ޔާމީން ކަން ޝާހިދު ހަނދާންކޮށްދެއްވިއެވެ.
އެހެންކަމުން، މިއަދު އެމްޑީޕީއާ ގުޅިގެން ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅަކީ އެމަނިކުފާނުގެ އަމިއްލަ އިހުތިޔާރުގައި ކުރައްވާ ކަމެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި، އެއީ އޮޅުމަކުން ނުވަތަ މަގުދެެލިވެގެން އެހެން ދިމާލަކަށް ދެވުން ފަދަ ކަމެއްގެ ގޮތުގައި ސިފަކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝާހިދުގެ ވާހަކަފުޅު ނިންމަވާލައްވަމުން، މިހާރުގެ ސަރުކާރުގެ ލީޑަޝިޕަށް އޮތް ފުރިހަމަ އިތުބާރު އާކުރައްވައި، ރައީސް ޑރ. މުއިއްޒުގެ ހަރުދަނާ ސިޔާސަތުތަކާއެކު ދިވެހި ގައުމަށް ބޮޑެތި ލާބައާއި ކުރިއެރުންތައް ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު