ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފިއެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ވަނީ ޝުޖާއުއަކީ އަބަދުވެސް އަމިއްލަ އެދުމާއި ފައިސާގެ ފަހަތުން ދުވާ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފް.އައި.ޔޫ) ގެ ރިޕޯޓްތަކަށް ބަލާއިރު، ޝުޖާއުއަށް މިހާރުވެސް ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށް ޖަމީލް ތުހުމަތު ކުރެއްވިއެވެ.
ޑރ. ޖަމީލްގެ ފާޑުކިއުންތައް އިތުރަށް ވަރުގަދަކުރައްވަމުން ޝުޖާއުއަކީ "ޖާހިލެއް" ގެ ގޮތުގައި ސިފަކުރައްވައި، ކުރީގެ އެމްޑީޕީ ސަރުކާރުގެ ވަޒީރުންނާ ގުޅިގެން ޝުޖާއު ވިޔަފާރި މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ޕީޕީއެމްގެ ތެރޭގައި ޝުޖާއު އުޅުއްވީވެސް ހަމައެކަނި މާލީ މަންފާތަކެއް ހޯއްދެވުމަށް ކަމަށް ޕާޓީގެ އެތައް ބަޔަކު ތުހުމަތުކުރާ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ. އަދި ޝުޖާއުގެ އަމަލުތައް ހުރި ގޮތުން، ޖާހިލިއްޔަ ޒަމާނުގައި އުޅުނުނަމަ އޭނާ ފެނުނީސްީ އަބޫޖަހުލާއެކު ކަމަށް ވިދާޅުވެ، ޝުޖާއުގެ ސުލޫކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ.
މި ޕޯސްޓުގައި ޑރ. ޖަމީލް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށާއި ސަރުކާރަށްވެސް ފާޑުވިދާޅުވެފައެވެ.
އެގޮތުން، ސަރުކާރު ހުވާކުރި ހަފުލާއިން ފެށިގެން ރައީސް މުއިއްޒާއި ޝުޖާއު ގުޅިގެން ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވަމުންދާ ކަމަށް ޖަމީލް ތުހުމަތު ކުރެއްވިއެވެ. އަދި "ލަނޑަޔާވާނީ ހަމަ ލަނޑަޔާ" އަށް ކަމަށް ވިދާޅުވެ، ރައީސް މުއިއްޒުގެ އަރިހުގައި މިފަދަ ބޭފުޅުން ތިއްބެވުމުން ޖަމީލް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު