ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް
ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ސަރުކާރުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ، 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި، ރާއްޖޭގެ މާތްވެގެންވާ އިސްލާމްދީނުގެ އަސްލުތަކާއި އަސާސްތަކާ ދެކޮޅަށް އޭރުގެ ވަލިއްޔުލްއަމުރު (ރައީސް ނަޝީދު) ނިކުމެ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަދައްކަވާފައިވާ ކަމަށެވެ.

އަދި ދިވެހިރާއްޖޭގައި އޮންނަން ފެންނަނީ ކޮން ކަހަލަ ދީނެއްތޯ ބެލުމުގެ ނަމުގައި، އޭރުގެ 'ޓީވީ މޯލްޑިވްސް' (މިހާރުގެ ޕީއެސްއެމް) މެދުވެރިކޮށް ހިޔާލު ހޯދުމުގެ ޕޯލްތައްވެސް ކުރިއަށް ގެންގޮސްފައިވާކަން މުހައްމަދު އިސްމާއިލް ފާހަގަކުރެއްވިއެވެ.

މުހައްމަދު އިސްމާއިލްގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވީތީ، ރައްޔިތުން އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ގައުމުގެ އިސްލާމީ އަގީދާ ނަގަހައްޓާ ދެމެހެއްޓުމަށް ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީގެ ވެރިކަމުގެ ދައުރުތަކުގައި ފެނިގެންދިޔައީ ރާއްޖޭގެ އިޖުތިމާއީ ފޭރާން ހަލާކުކޮށްލުމަށްޓަކައި އެ ޕާޓީގެ އިސްވެރިން ނިކުމެ ކުރި މަސައްކަތްތަކެއް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ހާއްސަކޮށް، 2018 ވަނަ އަހަރު އުފެދުނު ސަރުކާރުގެ ތެރެއިން ވަކި ހިސާބަކުން އަމިއްލަފުޅަށް އިސްތިއުފާދެއްވުމަށްފަހު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ދައުލަތުގެ ގިނަ އަދަދެއްގެ މުދަލުގައި ރޯކޮށް އަންދާލި ހާދިސާތަކަކީ މިއަދުވެސް ރައްޔިތުން ފިކުރުކުރަންޖެހޭ ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ގައުމުގެ ހުންގާނާއި ވަލިއްޔުލްއަމުރުކަން ހަވާލުކުރަންވާނީ، ރައްޔިތުންނާއި ގައުމުގެ ހައްގުގައި އިހުލާސްތެރިކަމާއެކު ތެދު ނިޔަތެއްގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރެވޭނެ ފަދަ ބޭފުޅުންނަށް ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

ޖަލްސާގެ ވަގުތު ކުޑަތަންވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ނިންމާލުމަށް އިޝާރާތް ކުރެއްވުމުން، ވާހަކަފުޅު ކުރުކޮށްލައްވަމުން އޭނާ ވިދާޅުވީ މިއީ ތާރީހުން ފެންނަން ހުރި ހަގީގަތްތަކެއް ކަމަށާއި، މިކަންކަމާ މެދު ރައްޔިތުން އަބަދުވެސް ހޭލާ ތިބެންޖެހޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު