ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މީކާއީލް އަހުމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މީކާއީލް އަހުމަދު ނަސީމް
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ކުރިއަށް ގެންދަވާ "އިތުބާރު" ކެމްޕޭން ދަތުރުގައި މިހާތަނަށް 16 ރަށަކަށް ޒިޔާރަތްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އެކްސް އެކައުންޓް މެދުވެރިކޮށް މީކާއީލް ހިއްސާކުރެއްވި މައުލޫމާތުގައިވާ ގޮތުން، ކެމްޕޭން ޓީމާއެކު އޭނާ މިވަގުތު ހުންނެވީ ހއ. ދިއްދޫގައެވެ.





އަދި އުތުރުގެ ރަށްތަކަށް ކުރަމުންދާ މި ކެމްޕޭން ދަތުރު ނިންމާލުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ދަތުރަކީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ތާއީދު ހޯދުމަށާއި، ޕާޓީގެ އާންމު މެންބަރުންގެ ޚިޔާލާއި ކަންބޮޑުވުންތައް ކައިރިން ބެލުމަށް ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ދަތުރެކެވެ.



ކިޔުންތެރިންގެ ހިޔާލު