އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ފާހަގަކުރައްވާފައިވާ ފަދަ މުހިންމު މަސައްކަތްތަކެއް ކުރެވޭނީ، އެމްޑީޕީގެ ސެކްރެޓޭރިއަޓް ވަރުގަދަކޮށްގެން ކަމަށާއި، އެކަން ކުރެއްވޭނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ ޕާޓީގެ ޗެއަރޕާސަންގެ މަޤާމަށް ވަޑައިގެންނެވުމުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ޙަސަން ލަތީފް މިހެން ވިދާޅުވީ މީސްމީޑިއާ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.





އޭނާ ވިދާޅުވީ ރައީސް ޞާލިޙް ހިންގަވަން އޮތް ކަމަށް ވިދާޅުވާ ވަރަށް މުހިންމު ތިން މަސައްކަތެއް ކުރިއަށް ގެންދެވޭނީ ޕާޓީގެ އިދާރީ ހިންގުން ވަރުގަދަކޮށްގެން ކަމަށެވެ.

އަދި އެމްޑީޕީއަށް އެ ބަދަލު ގެނެސް، ސެކްރެޓޭރިއަޓް ވަރުގަދަ ކުރެވޭނީ ރައީސް ނަޝީދު ޕާޓީގެ ޗެއަރޕާސަން ކަމާ ޙަވާލުވެވަޑައިގެންނެވުމުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު