ކުރީގެ ވަޒީރު ރާޝިދާ ޔޫސުފް (މ) | ފޮޓޯ: ރާޝިދާގެ ފޭސްބުކް ޕޭޖް
ކުރީގެ ވަޒީރު ރާޝިދާ ޔޫސުފް (މ) | ފޮޓޯ: ރާޝިދާގެ ފޭސްބުކް ޕޭޖް
މި ގައުމުގައި އެންމެ ބުރަކޮށް އަދި އެންމެ ޒިންމާދާރުކަން ބޮޑު ވަޒީފާތައް އަދާކުރާ ފަރާތްތަކުގެ މުސާރަ އެހެން ދާއިރާތަކަށްވުރެ ބޮޑުވާންޖެހޭނެ ކަމަށް ކުރީގެ ވަޒީރު ރާޝިދާ ޔޫސުފް ވިދާޅުވެއްޖެއެވެ.

ރާޝިދާ މިބީދައިން ވިދާޅުވެފައި މިވަނީ، ނެޝަނަލް ޕޭ ކޮމިޝަނުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިއުޑީސީ) ރައީސާއިންގެ މުސާރަ އެތައް ގުނައެއް ބޮޑުކުރަން ނިންމުމާ ގުޅިގެންނެވެ.

އެގޮތުން ރާޝިދާ ވިދާޅުވީ، ދިވެހިރާއްޖޭގައި އެންމެ ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރާ، އަދި އެހާމެ ބުރަ މަސައްކަތްތަކެއް ކުރާ ބަޔަކީ ޓީޗަރުންނާއި ނަރުހުން ކަމަށެވެ. އަދި އެއީ މީހުންގެ ފުރާނައާ ސީދާ ގުޅުންހުރި، ނުހަނު ޒިންމާދާރުކަން ބޮޑު މަސައްކަތްތަކެއް ކުރާ ދެ ދާއިރާ ކަމަށް ރާޝިދާ ވިދާޅުވެފައިވެއެވެ. ނަމަވެސް، މި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަށް ޝުކުރުގެ ބަހެއް ލިބެނީ ވަރަށް މަދު ފަހަރަކުކަން ހިތާމައާއެކު އޭނާ ފާހަގަކުރެއްވިއެވެ.

ޚާއްޞަކޮށް ޓީޗަރުންގެ މަސައްކަތްތަކަށް އަލިއަޅުއްވާ ލައްވަމުން ރާޝިދާ ވިދާޅުވީ، ޓީޗަރުންނަކީ ތަފާތު އެތައް މަސްއޫލިއްޔަތުތަކެއް އެއްފަހަރާ އުފުލަން ޖެހިފައިވާ ބައެއް ކަމަށެވެ. "މިއަށްވުރެ ބޮޑު މުސާރައެއް ލިބޭ ބަޔަކު (ދައުލަތުގެ ތިން ބާރުގެ އިސްވެރިން ފިޔަވައި) މި ގައުމުގައި ތިބެގެން ނުވާނެ." އޭނާގެ ވިދާޅުވެފައިވެއެވެ.



މީގެ އިތުރުން، މިހާރު ކަންތައްތައް ހިނގަމުންދާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރަށްވަމުން ރާޝިދާ ވިދާޅުވީ، މުސާރައާއި އިނާޔަތްތަކުގެ ކަންކަމުގައި މިހާރު ފެންނަމުންދަނީ ވަރަށް ބޮޑު ބޭއިންސާފު ފިޔަވަޅުތަކެއް އަޅަމުންދާ މަންޒަރު ކަމަށެވެ.

ރާޝިދާގެ މި ވާހަކަތަކަށް މީސްމީޑިއާގައި ގިނަ ބައެއްގެ ތާޢީދު ލިބިފައިވާއިރު، ސިޔާސީ މަޤާމުތަކަށް އައްޔަނުކުރާ އެކަށީގެންވާ ތަޢުލީމާއި ތަޖުރިބާނެތް މީހުންނަށް ދަޢުލަތުން ބޮޑެތި މުސާރަދޭ މައްސަލާގައި ރައްޔިތުން ދަނީ މީސްމީޑިއާގައި ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު