އިނގިރޭސި ޕްރެމިއާ ލީގުގެ ފަހު ހަފުތާގެ މެޗުތަކަށްފަހު، އަންނަ ސީޒަނުގެ ޔޫރަޕްގެ އެކި މުބާރާތްތަކުން ފުރުސަތު ހޯދި ޓީމުތައް ކަށަވަރުވެއްޖެއެވެ. އެގޮތުން މި ސީޒަނުގައި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދީ އަލަށް ޕްރެމިއާ ލީގަށް ޕްރޮމޯޓްވި ސަންޑަލޭންޑެވެ.
ލީގުގެ ފަހު މެޗުގައި ޗެލްސީއާ ބައްދަލުކޮށް 2-1 އިން މޮޅުވެ، ސަންޑަލޭންޑް ވަނީ ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ. މިއީ ޕްރެމިއާ ލީގަށް ޕްރޮމޯޓްވި ފުރަތަމަ ސީޒަނުގައި ޔޫރަޕްގެ މުބާރާތަކަށް ކޮލިފައިވި ފަސްވަނަ ޓީމެވެ. 'ސްޓޭޑިއަމް އޮފް ލައިޓް' ގައި ކުޅުނު މި މެޗުގައި ސަންޑަލޭންޑަށް ލީޑު ނަގައިދިނީ މެޗުގެ 25 ވަނަ މިނެޓުގައި ޓްރައި ހިއުމްއެވެ. ދެވަނަ ހާފުގައި ޗެލްސީގެ މާލޯ ގުސްޓޯ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ސަންޑަލޭންޑް ލީޑު ފުޅާކުރިއެވެ. މި މެޗުގައި ޗެލްސީގެ ކޯލް ޕާމާ ލަނޑެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، ވެސްލީ ފޮފާނާއަށް ރަތް ކާޑު ދެއްކުމުން ޗެލްސީއަށް މެޗު ނިންމާލަން ޖެހުނީ އެކަކު މަދުކޮށެވެ.
މި ނަތީޖާއާއެކު ސަންޑަލޭންޑް ތާވަލުގެ ހަތްވަނަ ކަށަވަރުކޮށް، އަންނަ ސީޒަނުގެ ޔޫރަޕާ ލީގުން ފުރުސަތު ހޯދިއިރު، ނޮޓިންހަމް ފޮރެސްޓާ 1-1 އިން އެއްވަރުވި ބޯންމައުތު ވެސް ވަނީ ޔޫރަޕާ ލީގަށް ކޮލިފައިވެފައެވެ. ނަމަވެސް، މިރޭގެ ބައްޔާއެކު ޗެލްސީއަށް ވަނީ އަންނަ ސީޒަނުގެ ޔޫރަޕްގެ އެއްވެސް މުބާރާތަކުން ފުރުސަތު ގެއްލިފައެވެ.
ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުން މިފަހަރު ޖާގަ ހޯދީ ލީގުގެ ޗެމްޕިއަން އާސެނަލް، މެންޗެސްޓާ ސިޓީ، މެންޗެސްޓާ ޔުނައިޓެޑް އަދި އެސްޓަން ވިލާއެވެ. މެންޗެސްޓާ ޔުނައިޓެޑުން ބްރައިޓަން އަތުން 3-0 އިން މޮޅުވި މެޗުގައި، އެ ޓީމުގެ ބްރޫނޯ ފެނާންޑޭޒް ވަނީ ލަނޑެއް ޖަހައި އަދި މި ސީޒަނުގައި އޭނާގެ 21 ވަނަ އެސިސްޓާއެކު އާ ރެކޯޑެއް ގާއިމުކޮށްފައެވެ. ބްރައިޓަން ބަލިވި ނަމަވެސް، އެ ޓީމަށް ވަނީ އަށްވަނަ ލިބުމުން ކޮންފަރެންސް ލީގުގެ ފުރުސަތު ލިބިފައެވެ.
ލިވަޕޫލަށްވެސް މިރޭގެ މެޗު ހާއްސަވިއެވެ. އެއީ ސީޒަން ނިމުމުން ޓީމު ދޫކޮށްލަން ނިންމާފައިވާ މުހައްމަދު ސަލާހް އެންފީލްޑްގައި ފަހު މެޗު ކުޅުމުންނެވެ. އަނިޔާއިން އެނބުރި އައިސް މިރޭ ބްރެންޓްފޯޑާ ދެކޮޅަށް ސަލާހް ކުޅެފައިވާ އިރު، މެޗު 1-1 އިންވީ އެއްވަރެވެ. ސަލާހް މެޗުގައި އެސިސްޓެއް ހެދިއެވެ. އެ ނަތީޖާއާއެކު ލިވަޕޫލަށް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޖާގައެއްވެސް ޔަގީންވެފައެވެ. ނުވަ އަހަރަށްފަހު ކްލަބު ދޫކޮށްލި ސަލާހަށް މުޅި އެންފީލްޑް ވަނީ ޝުކުރު އަދާކޮށްފައެވެ. އޭގެ އިތުރުން އެންޑީ ރޮބަޓްސަންއަށްވެސް އެ ކްލަބުން ވަނީ އަލަވަދާއު ކިޔައިފައެވެ.
ކްރިސްޓަލް ޕެލަސްއަށް ވެސް އަދި ޔޫރަޕާ ލީގުން ފުރުސަތު ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެއީ ލައިޕްޒިގްގައި ކުޅޭ ކޮންފަރެންސް ލީގުގެ ފައިނަލްގައި ރަޔޯ ވަޔެކާނޯ ބަލިކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު