އިންޑިއާގެ ބެންގަލޫރުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ދަތުރުކުރެއްވުމަށް ހަމަޖެހިފައި އޮތް މަގަކުން ގޮވާތަކެތި ފެނުނު މައްސަލައިގައި، ސަލާމަތީ ކަންކަމުގައި އިހުމާލުވި ކަމުގެ ތުހުމަތުގައި ސަބް އިންސްޕެކްޓަރަކާއެކު ހަ ފުލުހަކު ވަޒީފާއިން އެކަހެރި ކޮށްފިއެވެ.
މި ފިޔަވަޅު އަޅާފައިވަނީ މެއި މަހުގެ 10 ވަނަ ދުވަހު ބޮޑުވަޒީރު މޯދީ ބެންގަލޫރުގެ "އާޓް އޮފް ލިވިންގ" (އޭއޯއެލް) ފައުންޑޭޝަނަށް ކުރެއްވި ޒިޔާރަތާ ދިމާކޮށް ސަލާމަތީ ގޮތުން ސީރިއަސް މައްސަލަތަކެއް ފާހަގަވުމާ ގުޅިގެންނެވެ.
ފުލުހުންގެ 7 ޖުމްލަ އޮފިސަރުން ސަސްޕެންޑް ކުރަން އަމުރު ނެރުއްވީ ބެންގަލޫރު ސައުތުގެ އެސްޕީ އާރު. ސިނިވާސް ގައުޑާ އެވެ. ނަމަވެސް ސަސްޕެންޑް ކުރި ފުލުހުންގެ ވަނަވަރެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ނުރައްކާތެރި މި ގޮވާތަކެތި ފެނިފައިވަނީ ބޮޑުވަޒީރު ދަތުރުކުރައްވަން އޮތް ރޫޓުގައި ހިމެނޭ މައި މަގާ 25 ފޫޓު ދުރުގައި ހުރި އަމިއްލަ ބިމެއްގެ ފާރު ކައިރިން، ކާޓަން ފޮއްޓަކަށް އަޅާފައި ވަނިކޮށެވެ.
ބޮޑުވަޒީރުގެ މޮޓޯކޭޑް އެ ސަރަހައްދުން ދަތުރުކުރުމުގެ ގަޑިއެއްހާއިރު ކުރިން، ޝައްކުކުރެވޭ ފޮށި ފުރަތަމަ ފެނުނީ ފޯރިމަރަމުންދިޔަ ކޮންސްޓަބަލް އަކަށެވެ. އެ ފޮށީގެ ތެރެއިން ޖެލަޓިން ދެ ދަނޑިއާއި، އަލިފާންފޮއްޓަކާއި، ކާފޫރާއި، ބެޓެރިތަކަކާއި، ވަޔަރުތަކެއްގެ އިތުރުން ރިއަލް-ޓައިމް ގަޑިއަކާއި އެލްސީޑީ ޑިސްޕްލޭއެއް ފެނިފައިވެއެވެ.
ފުރަތަމަ ފުލުހުން ބުނެފައިވަނީ ހަމައެކަނި ޖެލަޓިން ދަނޑިތަކެއް ފެނުނު ވާހަކަ ކަމަށްވިޔަސް، އިންޑިއާގެ ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެންއައިއޭ) އިން މައްސަލަ ބަލަން ފެށުމުން ފޮށީގެ ތެރޭގައި ހުރި އެހެން ސާމާނުތަކުގެ ތަފްސީލު ވަނީ ތިލަވެފައެވެ.
މި މައްސަލައާ ގުޅިގެން އިންޑިއާގެ ތަހުގީގީ އިދާރާތްތައް ކަމަށްވާ އެންއައިއޭ އާއި އިންޓެލިޖެންސް ބިއުރޯ (އައިބީ) އިން ދަނީ ގުޅިގެން ބޮޑު ތަހުގީގެއް ހިންގަމުންނެވެ. އަދި މިކަމުގެ ފަހަތުގައި ތިބި މީހުން ހޯދުމަށް ޓަމިލްނާޑޫ އަދި އަންދުރަޕްރަދޭޝް ފަދަ އަވަށްޓެރި ސްޓޭޓްތަކަށް ވެސް ފުލުހުންގެ ޓީމުތައް ފޮނުވައިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް، މިހާތަނަށް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކުރެވިފައެއް ނުވެއެވެ. ފޮރެންސިކް ލެބޯޓްރީގެ ރިޕޯޓުތައް ބުނާގޮތުން، ފެނުނު ޖެލަޓިން ދަނޑިތަކަކީ ތިން އަހަރުވެފައިވާ ބާ އެއްޗެހި ކަމަށާއި، އޭގައި ހުރި ޓައިމަރު ހަލާކުވެފައިވުމުގެ އިތުރުން ޑެޓޮނޭޓަރެއް ނެތުމުން، އެތަކެތިން ބޮޑު ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތެއް ނެތެވެ.
އޭގެ ބަދަލުގައި މިއީ ސަލާމަތީ ބާރުތަކުގެ ސަމާލުކަން ދުއްވާލުމަށް ނުވަތަ ބިރުދެއްކުމަށް ކޮށްފައިވާ ކަމެއް ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު