އޭސީސީ ފޭލިވެފައިވާ ކަމަށާއި، މިހާރުގެ ސްޕީޑުން މައްސަލަތައް ނިންމަން 11 އަހަރު ނަގާކަމަށް ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަމީމްގެ އަމިއްލަ ބްލޮގްގައި މިއަދު ވިދާޅުވެފައިވަނީ، ދިވެހިރާއްޖެއަކީ މުއްސަނދި، ޤުދުރަތީ ވަޞީލަތްތައް ގިނަ، ނަމަވެސް ކޮރަޕްޝަންގެ ސަބަބުން ފަޤީރުވެފައިވާ ޤައުމެއް ކަމަށެވެ. އެގޮތުން ކޮރަޕްޝަންގެ ސަބަބުން އިންސާނީ ވަޞީލަތް ތަރައްޤީ ކުރާނެ ފައިސާ ގެއްލިފައިވާ ކަމަށާއި، ރާއްޖޭގެ ތަރައްޤީގެ ހުރިހާ ދިމާލަކުންވެސް، ކޮރަޕްޝަންގެ ސަބަބުން ނިކަމެތިކަން ނުފެނި ނުދާކަން ޝަމީމް ވަނީ ފާހަގަ ކުރަށްވާފައެވެ.
ޝަމީމް ވިދާޅުވީ، ކޮރަޕްޝަން ޢާއްމުވުމުގެ އެންމެ ބޮޑު އެއްސަބަބަކީ ހިންގުމުގެ ނިޒާމުގައި އާދަޔާ ޚިލާފަށް ފެންވަރު ދަށް މީހުންނަށް މުހިންމު މަޤާމުތައް ދިނުން ކަމަށެވެ. އަދި ދެވަނަ ބަޔަކީ ކުށަކަށްވާ ޒާތުގެ ކޮރަޕްޝަންގެ މައްސަލަކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އޭސީސީ ފޭލިވެފައިވާކަން ފާހަގަ ކުރަށްވަމުން ޝަމީމް ވިދާޅުވީ މިހާރުގެ ސްޕީޑުން ބަލާއިރު، މިވަގުތު ނުނިމި ހުރި މައްސަލަތައް ނިންމަން 11 އަހަރު ނަގާނެ ކަމަށެވެ.
"އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ފެންވަރު ދަށްކަމާއި އެކޮމިޝަނުގެ ރައީސްގެ ދޯހަޅި ސިޔާސަތުތަކުގެ ވާހަކަ މީގެ ކުރިން އަޅުގަނޑު ލިޔެފައިވާނެއެވެ. އެކަމަށް ބަދަލެއް ނާދެއެވެ." ޝަމީމް ވިދާޅުވެފައިވެއެވެ.
ތަފާސް ހިސާބުތަކުގެ އަލީގައި ޝަމީމް ވިދާޅުވީ، މިހާތަނަށް އޭސީސީގައި ގޮތެއް ނުނިމި، ތަޙްޤީޤު މަރްޙަލާގައި އޮތް 1036 މައްސަލައާއި ޕްރިލިމިނަރީ މަރްޙަލާގައި އޮތް 2465 އާއެކު، ޖުމްލަ 3501 މައްސަލަ އެބައޮތް ކަމަށެވެ. އަދި އަހަރު ދުވަހުގެ ތެރޭގައި އެ ކޮމިޝަނަށް ގޮތެއް ނިންމިފައިނީ، ތަޙްޤީޤު މަރްޙަލާއިން ނިންމާފައިވާ 173 މައްސަލައާއި ޕްރިލިމިނަރީ މަރްޙަލާއިން ނިންމި 124 މައްސަލައާއެކު 297 މައްސަލައެއް ގައިކަން އޭނާ ފާހަގަ ކުރެއްވިއެވެ.
"މާނައަކީ، މިހާރު ދާ ސްޕީޑުން، މިވަގުތު ބާކީ ނުނިމި ހުރި މައްސަލަތައް ނިންމަން މަދުވެގެން 11 އަހަރު ނަގާނެއެވެ. އެއީވެސް މިއަހަރުން ފެށިގެން 2037 ވަނަ އަހަރާ ހަމައަށް އައު މައްސަލައެއް ހުށަނޭޅޭނަމައެވެ. މިދެންނެވި 297 މައްސަލައިގެ ތެރެއިން ޝަރީޢަތަށް ފޮނުވޭވަރުވީ އެންމެ 8 މައްސަލައެވެ. ވީމާ، އޭސީސީގެ ތަޙްޤީޤީ ނިޒާމު އެއްކޮށް ފެއިލިވެފައިވާކަމީ އޭސީސީއިން ނެރުނު ތަފާސް ހިސާބުން ފެންނަން އޮތް ޙަޤީޤަތެކެވެ." އޭސީސީ ފޭލިވެފައިވާ ސަބަބު ޙިއްސާ ކުރަށްވަމުން ޝަމީމް ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު ވޭތުވެދިޔަ 20 އަހަރުގެ ތަޖުރިބާއަށް ބަލާއިރު، އޭސީސީ ވަކި މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮވެގެން ނަތީޖާއެއް ނުނެރެވޭކަން އެނގިފައިވާ ކަމަށާއި، ޚާއްޞަކޮށް، 5 މެމްބަރުންގެ ކޮމިޝަނެއްގެ ސިފައިގައި އޮވެގެން ނެރެވުނު ނަތީޖާއެއް ނެތްކަމަށް ޝަމީމް ވިދާޅުވިއެވެ.
"ރަނގަޅު މީހުންވެސް ލައިފިއެވެ. ރަނގަޅުކަމަށް ފެނުނު މީހުން، 'ރައީސްގެ މީހުން' ނަށް ބަދަލުވެއްޖެއެވެ. 'މިނިވަން' ވީ ވަރުން، އެއްވެސް މީހަކާ ވާހަކަ ދެއްކުމަކީވެސް ނުފޫޒު ފޯރުވުންކަމަށް ޤަބޫލުކުރި މެމްބަރުންވެސް ވީ ފެއިލެވެ. މިހާރު ހުރީ، ސަރުކާރުގެ ރައީސެކެވެ. އެއީ ވަކި ސަރުކާރެއް ނޫނެވެ. ކޮންމެ ސަރުކާރެއް ވިޔަސްވެއެވެ." ޝަމީމް ވިދާޅުވިއެވެ.
އެހެންކަމުން ޝަމީމް ވަނީ، މިހާރުގެ ނިޒާމުގެ ބަދަލުގައި އެންމެ ކޮމިޝަނަރެއް ހުންނަ ގޮތަށް އޭސީސީ އިސްލާޙު ކުރުމަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު