ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އާންމުކޮށްފިއެވެ.
އަންނަ މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބާ ގުޅޭގޮތުން އީސީން ބުނީ، ހިތަދޫ އުތުރު ދާއިރާއަށް ވޯޓުލުމުގެ ހައްގު ޖުމްލަ 4،120 މީހުންނަށް ލިބިގެންވާ ކަމަށެވެ. މި އިންތިޚާބުގައި ވޯޓުލުމަށްޓަކައި ޖުމްލަ ހަތް ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
މި ދާއިރާގެ ބައި-އިލެކްޝަނެއް ބާއްވަން ޖެހުނީ، މީގެ ކުރިން މި ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލުމާ ގުޅިގެންނެވެ. ސިނާންގެ ގޮނޑި ގެއްލުނީ އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ، އޮކްޓޯބަރު 2024 ގައި ކުރި ހުކުމާ އެއްގޮތަށް ނުދެއްކުމުގެ މައްސަލައިގައެވެ. ސުޕްރީމް ކޯޓުން މިދިޔަ މަހު ވަނީ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ހުކުމް ކޮށްފައެވެ.
މި އިންތިޚާބުގައި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީން ވެސް ވަނީ ކެންޑިޑޭޓުން ކުރިމަތި ލަށްވާފައެވެ. އެގޮތުން އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރަށްވަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.
ޕީއެންސީގެ ތެރޭގައި ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރެއްވީ ކުރިންވެސް އެ ގޮނޑި ފުރުއްވި މުހައްމަދު ސިނާން އެވެ. ނަމަވެސް، އާއިލާއަށް ވަގުތު ދިނުމުގެ ގޮތުން ސިނާން ވަނީ ޕީއެންސީގެ ޓިކެޓު ދޫކޮށްލައްވާފައެވެ. އެހެންކަމުން ޕީއެންސީގެ ފަރާތުން މި އިންތިޚާބުގައި ވާދަކުރައްވާނީ އަހުމަދު ސައީދު (ސޮޑާ) އެވެ.

ކިޔުންތެރިންގެ ހިޔާލު