ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމާ ބައްދަލު ކުރެއްވުމަށް ކުރަށްވާ ދަތުރުފުޅެއް ކަމަށް ޚަބަރު ލިބިވަޑައިގެންފައިވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ރައީސް ޑރ. މުޢިއްޒު ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަތީ އިއްޔެއެވެ. ނަމަވެސް އެ ދަތުރުފުޅާ ގުޅޭ އެއްވެސް އިތުރު ތަފްސީލެއް ރައީސް އޮފީހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ރައީސްގެ ދަތުރުފުޅާ ގުޅިގެން ރައީސް ނަޝީދުގެ ނުރަސްމީ 'އެކްސް' އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ސިންގަޕޫރަށް ވަޑައިގަތީ ނާޒިމާ ވާހަކަފުޅު ދެއްކެވުމަށް ކަމަށް މަޢުލޫމާތު ލިބިވަޑައިގަންނަވާ ކަމަށެވެ. އެހެންނަމަވެސް، ނާޒިމް ރައީސް މުޢިއްޒާ ވާހަކަދައްކަވާނެ ކަމަށް ލަފާނުކުރެއްވޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ނިންމީ މިމަހުގެ 13 ވަނަ ދުވަހުއެވެ. ޕީއެންސީގެ އިސް މެންބަރަކު މީގެ ކުރިން ވިދާޅުވެފައިވަނީ، ނާޒިމް ވަކިކުރަން ހުށައެޅީ އިސްތިއުފާ ދޭން އަންގައި އެކަމަށް އިޖާބަ ނުދިނުމުން ކަމަށެވެ.
މަޖިލީހުގެ ނައިބު ރައީސް ނާޒިމް މަޤާމުން ވަކިކުރަން ޕީއެންސީގެ މެންބަރުން މަސައްކަތްކުރަނީ، ނާޒިމާއެކު ޕީއެންސީގެ 23 މެންބަރަކު ޕާޓީ ބަދަލުކުރަށްވައި، ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅުއްވާތީ ކަމަށް މީގެ ކުރިން ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ނަމަވެސް ޕީއެންސީން ވަނީ އެކަން ދޮގުކޮށްފައެވެ.

Raees Dr. Muizzu Singapore ah vadaigathee Majlis Naib Raees Ahmed Nazim aa vaahaka dhehkevumah kamah khabaru libey. Nazim Dr. Muizzu aa vaahaka dhahkavaane kamakah lafaeh nukurevey.
— MN unofficial (@anedhivehirajje) May 25, 2026
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ނިންމީ މިމަހުގެ 13 ވަނަ ދުވަހުއެވެ. ޕީއެންސީގެ އިސް މެންބަރަކު މީގެ ކުރިން ވިދާޅުވެފައިވަނީ، ނާޒިމް ވަކިކުރަން ހުށައެޅީ އިސްތިއުފާ ދޭން އަންގައި އެކަމަށް އިޖާބަ ނުދިނުމުން ކަމަށެވެ.
މަޖިލީހުގެ ނައިބު ރައީސް ނާޒިމް މަޤާމުން ވަކިކުރަން ޕީއެންސީގެ މެންބަރުން މަސައްކަތްކުރަނީ، ނާޒިމާއެކު ޕީއެންސީގެ 23 މެންބަރަކު ޕާޓީ ބަދަލުކުރަށްވައި، ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅުއްވާތީ ކަމަށް މީގެ ކުރިން ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ނަމަވެސް ޕީއެންސީން ވަނީ އެކަން ދޮގުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު