އިންޑިއާގެ މުމްބާއީ
އިންޑިއާގެ މުމްބާއީ
އިންޑިއާގެ މުމްބާއީގެ މިރާ ރޯޑް ސަރަހައްދުގައި ހުންނަ "ޕޫނަމް ކްލަސްޓާ" ހައުސިން ސޮސައިޓީގެ ތެރެއަށް ހިންދޫ ހަރުކަށި ފިކުރުގެ (ހިންދޫތުވާ) ޖަމާއަތަކަށް ނިސްބަތްވާ ބަޔަކު އޫރެއް ވައްދައިގެން ނުރުހުން ފާޅުކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ކުރިއަށް އޮތް އަލްހާ އީދަށް (ބަކުރީ އީދަށް) ގުރުބާން ކުރުމަށްޓަކައި އެ ސޮސައިޓީގެ އެޕާޓްމަންޓްތަކުގައި ދިރިއުޅޭ މުސްލިމުން އެތަނުގެ ގޯތިތެރެއަށް ކަތިލާ ކަންބަޅިތަކާއި ބަކަރިތަކެއް ވައްދާފައިވާތީ، އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.





މި ހާދިސާގެ ސަބަބުން އެ ސަރަހައްދުގައި ދެ ދީނުގެ މީހުންގެ މެދުގައި ބޮޑު ދެބަސްވުމަކާއި ހަމަނުޖެހުމެއް އުފެދިފައިވާއިރު، ހިންދޫ ގްރޫޕްތަކުން ވަނީ ބަކަރިތައް ބޭތިއްބުމަށް ހަދާފައިވާ ވަގުތީ ހިޔާގަނޑު ހަލާކުކޮށްލުމަށް ގޮވާލާފައެވެ.

މަސްލަހަތު ގޯސްވުމާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް އޫރު އެތަނުން ނެރެ، މަސްލަހަތު ހިފެހެއްޓުމަށްޓަކައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

އަދި މުނިސިޕަލް ކޯޕަރޭޝަނުން މިހާރު ވަނީ އެ ސޮސައިޓީގައި ހުރި ބަކަރިތައް އެހެން ސަރަހައްދަކަށް ބަދަލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު