ފާއިތުވި ހަފުތާގެ ތެރޭގައި ހިނގި ސްކޭމްގެ އެކި މައްސަލަތަކުގައި އާންމުންގެ އަތުން ގެއްލުނު ފައިސާގެ ބޮޑު ބައެއް އަނބުރާ ހޯދިފައިވާ ކަމަށް އެންޓި ސްކޭމް ސެންޓަރުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެންޓި ސްކޭމް ސެންޓަރުން އާންމުކޮށްފައިވާ މި މަހުގެ 17 އިން 23 އަށް ހުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި ސްކޭމްގެ ޖުމްލަ 29 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. މި މައްސަލަތަކުގައި މީހުންގެ އަތުން ޖުމްލަ 598,467.44 ރުފިޔާ ގެއްލިފައިވާއިރު، ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރި މަސައްކަތުން އޭގެ ތެރެއިން 255,710.99 ރުފިޔާ ވަނީ އަނބުރާ ހޯދިފައެވެ.
މިދިޔަ ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިތަކާ ގުޅުންހުރި ސްކޭމްތަކެވެ. މި ބާވަތުގެ 15 މައްސަލައެއް ހުށަހެޅިފައިވާއިރު، މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި ވިޔަފާރީގެ މައުލޫމާތާއި ވިއްކާ މުދަލުގެ ސައްހަކަން ކަށަވަރު ކުރުމަށް ފުލުހުން އިލްތިމާސް ކުރެއެވެ. ހާއްސަކޮށް ފިހާރަ ނުވަތަ ގުދަން ހުރިތަން ޔަގީންކުރުމަށްފަހު "ކޭޝް އޮން ޑެލިވަަރީ" (ސީއޯޑީ) އުސޫލުން މުއާމަލާތް ކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
މީގެ އިތުރުން ޑޮލަރު މާރުކުރުމުގެ މައްސަލަތަކުގައި ހަ މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. ޑޮލަރު ގަންނައިރު އެއީ ލައިސަންސް އޮތް ތަނެއްތޯ ބެލުމުގެ އިތުރުން، ވައިބާ ނުވަތަ ވަޓްސްއަޕް މެދުވެރިކޮށް މުއާމަލާތް ކުރާއިރު އެއީ ސައްހަ ނަންބަރެއްތޯ ގުޅައިގެން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމަށް އެ ސެންޓަރުން ފާހަގަކުރެއެވެ.
އޮޅުވާލައިގެން އެހެން މީހެއްގެ ނަމުގައި ގުޅައިގެން ފައިސާ ހޯދުމުގެ ދެ މައްސަލައެއްވެސް މިދިޔަ ހަފުތާގައި ވަނީ ހުށަހެޅިފައެވެ. އެންޓި ސްކޭމް ސެންޓަރުން ތަކުރާރުކޮށް އިލްތިމާސް ކުރަނީ، އެކި ފަރާތްތަކުން ފޮނުވާ ޝައްކުކުރެވޭ ލިންކުތަކަށް ނުފިއްތުމަށާއި، އެއްވެސް ފަރާތަކާ "އޯޓީޕީ" ހިއްސާ ނުކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު