އިންޑިއާގެ އުތުރާއި މެދުތެރޭގެ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ، ގާތްގަނޑަކަށް 2،500 ކިލޯމީޓަރުގެ ދިގުމިން ހުރި ބިޔަ ވިލާގަނޑެއް އުފެދިގެން ދަތުރުކުރަމުންދާކަން އިންޑިއާގެ މީޓިއަރލޮޖީ ޑިޕާރޓްމަންޓުން ހާމަކޮށްފިއެވެ. އިންޑިއާގެ މޫސުމީ ސެޓެލައިޓް 'އިންސެޓް-3ޑީއެސް' އިން އެންމެ ފަހުން ނަގާފައިވާ ތާމަލް އިންފްރަރެޑް ފޮޓޯތަކުން މި ބިޔަ ނިޒާމު ފެންނަން ހުރިއިރު، މިއީ މި ސީޒަނުގައި އުފެދުނު އެންމެ ބޮޑު ވިލާގަނޑު ކަމަށް މޫސުމީ މާހިރުން ވިދާޅުވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިތުރު އީދު ފާހަގަކުރަމުންދިޔަ ބުރާސްފަތި ދުވަހު ވެސް، އިންޑިއާގެ އުތުރުގެ ސަރަހައްދުތަކަށް އޮތީ ގަދަ ހޫނުގެ އަސަރު އިންތިހާއަށް ކޮށްފައެވެ. އޭގެ ކުރީ ދުވަހު ރާޖަސްތާނުގެ ފްރީ ގަންގަނަގަރްއިން ދުނިޔޭގެ އެންމެ މަތީ ހޫނުމިން ކަމަށްވާ 48.2 ޑިގްރީ ސެލްސިއަސް ރެކޯޑުކުރެވުނު ނަމަވެސް، މި ފެނުނު ބިޔަ ވިލާގަނޑާއެކު ގަދަ ހޫނަށް ކުޑަ ނަމަވެސް ލުޔެއް ލިބޭނެ ކަމުގެ އުންމީދު ވަނީ އާވެފައެވެ.
ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި މި ބޯ ވިލާގަނޑު ޕާކިސްތާނާއި އިންޑިއާގެ ހުޅަނގު އުތުރުން ފެށިގެން ޕަންޖާބު، ހަރިޔާނާ، ދިއްލީ، އުއްތަރަ ޕްރަދޭޝް އަދި މެދުތެރޭ އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ފެތުރި، ބެންގާލް ކަނޑުއޮޅިއާ ހަމައަށް ވަނީ ދެމިގެން ގޮސްފައެވެ. މޫސުމީ މާހިރުން ވިދާޅުވާ ގޮތުގައި މިއީ 'ވެސްޓަން ޑިސްޓާބަންސް' ނުވަތަ ހުޅަނގުން އަންނަ މޫސުމީ ބަދަލުތަކާއި، އަރަބި ކަނޑާއި ބެންގާލް ކަނޑުއޮޅިން އަންނަ ތެތްފިނީގެ ސަބަބުން އުފެދިފައިވާ ބޮޑު ނިޒާމެކެވެ.
އިންފްރަރެޑް ފޮޓޯތަކުން ފެންނަ އިންތިހާއަށް ހުދު ސަރަހައްދުތަކުން ދޭހަކޮށްދެނީ ވިލާތަކުގެ މަތީބައި ވަރަށް ބޮޑަށް ފިނިވެފައިވާ ކަމެވެ. މިއީ ޖައްވުގެ މަތީ ފަށަލައަށް އުފުލިފައިވާ ބިޔަ ގުގުރާ ވިލާތަކުގެ ނިޝާނަކަށް ވާއިރު، މީގެ ސަބަބުން ބޯކޮށް ވާރޭވެހުމާއި، ގުގުރުމާއި، ގަނޑުފެން ފޭބުމުގެ އިތުރުން ގަދަވަޔާއެކު ކޮޅިގަނޑު އައުން އެކަށީގެންވެއެވެ. މީގެ އިތުރުން ޕާކިސްތާނުގެ އުތުރާއި ޖައްމޫ އެންޑް ކަޝްމީރު ސަރަހައްދުގައި 'ސައިކްލޯނިކް ސްވީލް' އެއް ނުވަތަ އެނބުރޭ ވައިގެ ބުރެއް އުފެދިފައިވާކަން ވެސް ސެޓެލައިޓުން ވަނީ ދެނެގަނެވިފައެވެ.
މި ނިޒާމު އުފެދެން ދިމާވި މައިގަނޑު ސަބަބަކީ ރާޖަސްތާނާއި ދިއްލީ ފަދަ ސަރަހައްދުތަކަށް ދިގުލައިގެން ދިޔަ ގަދަ ހޫނުގެ ސަބަބުން ބިމުގެ ހޫނުމިން މަތިވެފައި ހުއްޓާ، ކަނޑުން އަންނަ ތެތްފިނި މީގެ ތެރެއަށް ވަނުމުން އުފެދުނު ނުތަނަވަސްކަމެވެ. މީގެ ސަބަބުން ކުއްލިއަކަށް ބިޔަ ގުގުރާ ވިލާތައް އުފެދުމަށް މަގުފަހިވިއެވެ.
ރާއްޖެއަށް ކުރާނެ އަސަރަކީ ކޮބާ؟
މި ބިޔަ ވިލާގަނޑަކީ އިންޑިއާގެ އުތުރާއި މެދުތެރޭގެ ސަރަހައްދުތަކަށް އަމާޒުވެފައިވާ ނިޒާމަކަށް ވުމުން، މީގެ ސީދާ އަސަރެއް ރާއްޖެއަށް ކުރާނެ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް، ހުޅަނގު މޫސުމުގެ އަސަރު މިހާރުވެސް އިންޑިއާގެ ދެކުނުގެ ކަނޑުތަކަށް ކުރަމުންދާއިރު، މިފަދަ ބޮޑެތި މޫސުމީ ބަދަލުތަކުގެ ސަބަބުން ސަރަހައްދީ ވައިގެ ދައުރުވުމަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ މޫސުމީ ބަދަލުތަކާ ގުޅިފައިވާ ކަމެކެވެ. އިންޑިއާގެ އުތުރުގައި މި އުފެދުނު ބިޔަ ވިލާގަނޑަކީ އެ ގައުމުގެ ހޫނުގަދަ ސަރަހައްދުތަކަށް ލިބޭނެ ވަގުތީ ފިނިކަމެއް ކަމުގައި ވިޔަސް، މުޅި ސަރަހައްދުގެ މޫސުމަށް އަންނަ މިފަދަ ބޮޑެތި ބަދަލުތައް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިންވެސް ދަނީ މޮނިޓަރު ކުރަމުންނެވެ. އިންޑިއާގެ މޫސުމީ އިދާރާތަކުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އެ ގައުމުގެ އުތުރުގެ ގިނަ ސަރަހައްދުތަކަށް ގުގުރުމާއެކު ވާރޭވެހި، ވެލީގެ ތޫފާންތައް ކުރިމަތިވުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު