ރާއްޖެ ވެއްޓިފައިވާ ފުން ދަރަނީގެ އަނދަވަޅުން ގައުމު ސަލާމަތްކުރުމުގެ ގާބިލުކަން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ކިބައިގައި ނެތްކަމަށާއި، އެކަން ކުރަން އެނގޭނެ ހަމައެކަނި ބަޔަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކ. މާފުށީގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތަށްވުރެ ދައުލަތުގެ ދަރަނި އިންތިހާއަށް އުފުލިފައިވާއިރު، މިއީ މިވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށެވެ. ނަމަވެސް، މި ހައްސާސް މައްސަލައަށް ހައްލެއް ހޯއްދެވުމުގެ ބަދަލުގައި، ސަރުކާރުގެ އަމާޒު ހުރީ އެއްވެސް ދުރުވިސްނުމެއް އަދި ރޭވުންތެރިކަމެއް ނެތި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރެއްވިއެވެ.
"ދިވެހިރާއްޖެ މިއަދު އޮތީ ބޮޑު ދަރަންޏަކުން ދަރާފަ. މިކަން އަނެއްކާވެސް ކުރުމުގެ ވިސްނުމާއި ބުއްދި ހުރީ ހަމައެކަނި އެމްޑީޕީގަ. ޑރ. މުއިއްޒަކަށް އެކަމެއް ނުކުރެވޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ބިން ހިއްކުމާއި މަގުހެދުން ފަދަ ކަންކަން ދޯދިޔާކޮށް ކުރިއަށް ގެންދިއުމުގެ ނަތީޖާއަކީ ރަށްރަށުގެ އިގުތިސާދަށް އޭގެ ނޭދެވޭ އަސަރު ފޯރުންކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ، އެ މަޝްރޫއު ކުރިއަށް ގެންދަނީ ތިމާވެށީގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ނުލައި ކަމަށާއި، އޭގެ ސަބަބުން ކިސަޑުތައް ފެތުރި މާފުށީގެ ފަރަށާއި ފަޅުތެރެއަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.
"މިތާ މިއޮތް ފުށިދިއްގަރު ފަޅު ކޮންނަމުން އަދި ހިއްކަމުން އެގެންދަނީ އެތަނުގެ ކިސަޑުތައް މާފުށީފަރަށާއި ފަޅުތެރެއަށް މާ ބޮޑަށް ފެތުރިގެންދާ ގޮތަށް. މިކަންކަމަކީ ހަގިގަތުގައި ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ފަހުގައި ވެސް ކުރެވޭނެ ކަންކަން. ނަމަވެސް ފެންނަމުން މިދަނީ އެއްވެސް ސަލާމަތީ ފިޔަވަޅެއް އެޅުމެއް ނެތި މިބާވަތުގެ ކަންކަން ކުރާތަން." ރައީސް ނަޝީދު ވިދާޅުވިއެވެ.
އޭގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންނާއި ގައުމަށް ލިބެމުންދާ މިފަދަ ގެއްލުންތައް ބަލަން އެމްޑީޕީން ނުތިބޭނެ ކަމަށާއި، ސަރުކާރުގެ މި އަމަލުތަކާ ދެކޮޅަށް ސީދާ ހަރަކާތަށް ނުކުތުމަށް އެ ޕާޓީން ފަސްނުޖެހޭނެ ކަމަށެވެ. އަދި ރާއްޖެއަށް އައިސްފައިވާ ހެޔޮ ބަދަލުތަކުގެ މޭސްތިރިއަކީ އެމްޑީޕީ ކަމަށާއި، މުސްތަގުބަލުގައިވެސް ގައުމު އާރާސްތުކުރާނީ ހަމަ އެ ޕާޓީން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސް ނަޝީދު ވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތު ބަދަލުކޮށް، ދަރަނިން ސަލާމަތްވުމަށް އޮތް ހަމައެކަނި މަގަކީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކުރުން ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު