އެމްޑީޕީގެ ވެރިކަމުގެ ހިތި ހަނދާންތައް އަދިވެސް އެބަހުރި ކަމަށާއި، ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުކުރީ އެ ޕާޓީން ކަމަށް ވިދާޅުވެ، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ހަމްދާން މިފަދަ ރައްދެއް ދެއްވާފައި މިވަނީ، ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުކުރުމުގެ ވިސްނުމާއި ބުއްދި ހުރީ ހަމައެކަނި އެމްޑީޕީގައި ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ހަމްދާން ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ދަރަނި ޖީޑީޕީގެ 55 އިންސައްތައިގައި އޮއްވައި، އެ އަދަދު 97 އިންސައްތައަށް ވުރެ މައްޗަށް އަރުވާލާފައިވާ ކަމަށެވެ. އަދި 2011 ވަނަ އަހަރު 3.5 އިންސައްތައިގައި ޖީއެސްޓީ ތައާރަފްކޮށް، ހަމަ އެ އަހަރުގެ ތެރޭގައި އެ ޓެކްސް 6 އިންސައްތައަށް ބޮޑުކުރި ކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެމްޑީޕީގެ ދެވަނަ ދައުރުގައި ދަރަންޏަށް އިތުރު 77 ބިލިއަން ރުފިޔާ އިތުރުކޮށް، ޖީއެސްޓީ 8 އިންސައްތައަށް ބޮޑުކުރި ކަމަށްވެސް ހަމްދާން ވިދާޅުވިއެވެ.
"ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ޓެކްސްގެ ބުރައެއް ބޮޑުނުކޮށް މިދިޔަ ހައެއްކަ މަސްދުވަސް ތެރޭގައި އެކަނި ކުރީ ސަރުކާރުތަކުން ނަގާފައިވާ ލޯންތަކަށް 1,000,000,000 (އެއް ބިލިއަން) ޑޮލަރު ވަނީ ދައްކާފައި،" ހަމްދާން ވިދާޅުވިއެވެ.
ސިޔާސީ ބޭނުމަށްޓަކައި އަލަށް ވޯޓުލާ ކުދިންނަށް ކަންކަން އޮޅުވާލެވިދާނެ ކަމަށް ފާހަގަކުރެއްވަމުން ހަމްދާން ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަމުގެ ހިތި ހަނދާންތައް އަޅުގަނޑުމެންގެ އަދި އެބަހުރި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު