ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު
ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުމާއެކު ދިވެހި ރައްޔިތުން ކުރިމަތިލާން ޖެހިފައިވަނީ ބޮޑު ފަގީރުކަމަކާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި މިއަހަރުގެ އަޟްޙާ އީދު ދިވެހިންނާ ބައްދަލުކުރީ ދިވެހިން މި ފަހަކުން ނުދެކޭ ފަދަ ބޮޑު ތަދުމަޑުކަމަކާ އެކުގައެވެ.

ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޖަމީލް ވިދާޅުވީ، ގައުމުގެ ހާލަތު މިހެން އޮތް އިރު، ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންނާ އެކު އީދު ސަލާމަށް މަޑުކޮށްލުމުގެ ބަދަލުގައި އިސްކަން ދެއްވީ އަމިއްލަ އަރާމާއި ޗުއްޓީއަށް ކަމަށެވެ. އަދި ސަރުކާރުގެ ބައެއް މުވައްޒަފުން ޗުއްޓީއަށް ދާން ޖެހުނީ މުސާރައާ ނުލައި ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މުއިއްޒުގެ ވެރިކަން ފެށުމާއިއެކު ރައްޔިތުން ކުރިމަތިލާން ޖެހިފައިވަނީ ފަގީރުކަމާ. މުއްސަނދިވީ މުއިއްޒާ އެބޭފުޅާގެ އާއިލާއެކަނި،" ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން ޖަމީލް ވިދާޅުވީ ވެރިކަމެއް ގޯސްވާނެ އެންމެ މަތީ ދަރަޖައަށް މި ސަރުކާރު ގޯސްވެފައިވާ ކަމަށެވެ.

ޖަމީލް މިފަދަ ތުހުމަތުތަކެއް ކުރައްވާފައި މިވަނީ ރައީސް މުއިއްޒުގެ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު