އެމްޑީޕީއަކީ އާންމު މެންބަރުންގެ ބާރުވެރިކަން އޮތް، "ތިރިން މައްޗަށް" ހިނގާ ޕާޓީއެއް ކަމަށާއި، އެ ޕާޓީގެ އެއްވެސް އާންމު މެންބަރަކު އެމަނިކުފާނުގެ ކިބައިން މާފަށް އެދެން ނުޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގެ ކެމްޕެއިނަށް މިއަދު ހއ. މުރައިދުއަށް ކުރެއްވި ޒިޔާރަތުގައި، އާންމު މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، މީގެ ހަފުތާއެއް ކުރިން ރ. ދުވާފަރުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގެ މާނަ އޮޅިފައިވާ ކަމަށެވެ. ދުވާފަރުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، 2023ގެ ރިޔާސީ އިންތިޚާބާ ދިމާކޮށް އެމްޑީޕީ ދޫކުރައްވައި އެ ޕާޓީއާ ދެކޮޅަށް ނުކުންނެވުނީތީ މާފަށް އެދިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް އެމަނިކުފާނުގެ ކިބައިން މާފަށް އެދެން ޖެހޭ ބަޔަކުވެސް ތިބި ކަމަށެވެ.
މުރައިދޫގައި އެ ވާހަކަ އިތުރަށް ތަފްސީލު ކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، "އާންމު މެންބަރުން އަޅުގަނޑުގެ ކިބައިން މާފަށް އެދޭކަށް ނުޖެހޭނެ. އެއްވެސް އާންމު މުޖުތަމައެއްގެ މުޅި އެންމެން ވަކި ފަރުދެއްގެ ކިބައިން މާފަށް އެދޭކަށް ނުޖެހޭ. އެ މާނައަކު ނޫން އަޅުގަނޑު އެ ދުވަހު އެހެން ބުނީ،" ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީއަށް ލިބޭ ކާމިޔާބީގެ އަސްލަކީ އާންމު މެންބަރުން ކަމަށެވެ.
އެމްޑީޕީ ދޫކޮށްލުމަކީ ހެދުނު ގޯހެއްގެ ގޮތުގައި ސިފަކުރަށްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ތޮބީއަތުގައި ރުންކުރުކަމާއި ރައްދު ދިނުން ހުރި ނަމަވެސް، އަބަދުވެސް މަސައްކަތް ކުރަށްވަނީ ހިކުމަތްތެރިކަމާއި ކެތްތެރިކަން އިސްކުރަން ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ފެހި ގާނޫނުއަސާސީގެ ދަށުން އެއްވެސް ރައީސަކަށް ދެވަނަ ދައުރެއް ދޭން ދިވެހިން ބޭނުންނުވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ބިރުވެރިކަމެއް އޮވޭ، ދެވަނަ ދައުރެއް އެކަކަށް ލިބެއްޖެ ނަމަ ހުދުމުހުތާރު ވެރިކަމެއް ކުރާނެ ފުރުސަތު ބޮޑުވެދާނެތީ." ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި ނިމިދިޔަ ރިޔާސީ އިންތިޚާބުން އެމްޑީޕީ ބަލިވި މައިގަނޑު ސަބަބަކީ އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމެވެ. އޭގެ ބަދަލުގައި އާ ކެންޑިޑޭޓަކާއެކު ނުކުތް ނަމަ ކާމިޔާބީގެ ފުރުސަތު ބޮޑުވީސް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެވަނަ ދައުރަކަށް ނުކުންނެވުމަކީ އެމްޑީޕީއަށް އިންތިޚާބު ކާމިޔާބު ކުރަން ލިބޭނެ ފުރުސަތެއް ކަމަށްވެސް ވިދާޅުވިއެވެ.
އޭގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ، ދެން އެމަނިކުފާނު ބޭނުންފުޅުވަނީ ހަގު ޖީލުން ވެރިކަމުގެ ޒިންމާތަކާ ހަވާލުވުމަށް ކަމަށެވެ. އަދި އެމަނިކުފާނާއި ފައްޔާޒު އިސްމާއިލް ގުޅިވަޑައިގެން ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ކުރާ މަސައްކަތަކީ ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މި މަހުގެ 12 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު، ކެމްޕެއިން ދަތުރުތަކުގައި ރައީސް ނަޝީދަށް އެންމެ ގިނައިން އަމާޒުވަމުންދަނީ ޕާޓީ ދެބައިވުމާ ގުޅޭގޮތުން އާންމު މެންބަރުން ކުރާ ސުވާލުތަކެވެ.

ކިޔުންތެރިންގެ ހިޔާލު