ލޯކަލް ކައުންސިލް އިންތިޚާބުގައި މ. ވޭވަށު ކައުންސިލަށް މެންބަރަކު އިންތިޚާބު ކުރުމަށް ބޭއްވި ވޯޓުގެ ނަތީޖާއާ ގުޅޭގޮތުން ހައިކޯޓުން ކުރި ހުކުމް، އެމްޑީޕީގެ ކެންޑިޑޭޓުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.
މި މައްސަލައަކީ ވޭވަށު ކައުންސިލް ގޮނޑިއަށް ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހާއި އެމްޑީޕީގެ ކެންޑިޑޭޓް އަހުޝަމް ނައީމާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުމެކެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ ދެއްކި ގޮތުން ދެ ވޯޓުގެ ތަފާތުން ކުރި ހޯއްދެވީ އަހުޝަމް ނައީމެވެ. ނަމަވެސް، ތިން ވޯޓު ކަރުދާހެއްގައި ހުރި "ދެލި ތިކިތަކެއްގެ" މައްސަލަ ނަޒީހުގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ.
ހައިކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ އެ ތިން ވޯޓު ކަރުދާހުގައި ހުރި ފާހަގަތަކަކީ ބޭރުފުށުން ބަލާއިރު ވަކިކޮށް ދެނެގަނެވޭނެ ފާހަގަތަކެއް ކަމަށާއި، އެހެންކަމުން އެއީ ވޯޓުގެ ސިއްރުކަން ގެއްލޭ ކަރުދާސްތަކެއް ކަމަށެވެ. އެ ކަރުދާސްތައް ބާތިލް ކުރުމަށް ހައިކޯޓުން ކުރި ހުކުމާއެކު، އިންތިޚާބުގެ ނަތީޖާ ބަދަލުވެ، ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް ނަޒީހެވެ.
މި މައްސަލާގައި އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައިވަނީ އެ ތިކިތަކަކީ ޕްރިންޓް ކުރުމުގެ ތެރޭގައި ދިމާވި ކަމަކަށްވާތީ ވޯޓު ސައްހަވާނެ ކަމަށެވެ. އަދި ހައިކޯޓުގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު އިބްރާހީމް މާހިރުގެ ރައުޔަކީ ވެސް އެ ތިކިތަކުގެ ސަބަބުން ވޯޓުގެ ސިއްރުކަން ނުގެއްލޭނެ ކަމަށެވެ.
ހައިކޯޓުގެ ނިންމުމާ ގުޅިގެން އެމްޑީޕީގެ ކެންޑިޑޭޓް އަހުޝަމް ނައީމްގެ ފަރާތުން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން މިހާރު ވަނީ ބަލައިގަނެ ރަޖިސްޓްރީ ކޮށްފައެވެ. މި މައްސަލާގައި އެމްޑީޕީން ވެސް ވަކި މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ.
ކޯޓުގައި މި މައްސަލަ ކުރިއަށްދާތީ، ވޭވަށު ކައުންސިލްގެ އެ ގޮނޑި މިވަގުތު އޮތީ ހުސްކޮށެވެ.

ކިޔުންތެރިންގެ ހިޔާލު