ދިވެހި ދައުލަތަށް 31 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ، ދ. މީދޫ ސާޔާ، ޞިއްދީޤު ޢަލީ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ރައީސް މިއަދު ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، މަރުޙޫމް ޞިއްދީޤު ޢަލީއަކީ ދ. މީދޫގެ އިސް މަޤާމުތަކެއް ފުރުއްވައި، އެ ރަށަށާއި ދިވެހި ދައުލަތަށް ނުހަނު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ. އަދި އޭނާ ދައުލަތަށް ކުރެއްވި ދިގުވީ ޚިދުމަތްތަކަށްޓަކައި ރައީސް ވަނީ ޝުކުރުވެރިކަމާއެކު އެކަންކަން ފާހަގަކުރައްވާފައެވެ.
ޞިއްދީޤު ޢަލީ ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، ރައީސް ވަނީ މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވާފައެވެ. އަދި މާތްﷲގެ ތަނަވަސް ރަޙުމަތާއި ފާފަ ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މަރުޙޫމަށް މިންވަރުކުރެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާ ދަންނަވާފައެވެ.
މަރުޙޫމް ޞިއްދީޤު ޢަލީއަކީ މީދޫގެ އިޖުތިމާޢީ އަދި އިދާރީ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި، ރަށުގެ ރައްޔިތުންގެ އިޙްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު