ބޭރުގެ އެކި ޚިދުމަތްތަކަށް ދައްކާ ސަބްސްކްރިޕްޝަން ފީތަކަކީ ބޭރު ފައިސާއިން މުއާމަލާތް ކުރެވޭ ދުވަހުގެ ލިމިޓް ގައި ހިމެނޭ ކަންކަމެއް ނޫން ކަމަށާއި، އެފަދަ ފައިސާ ދެއްކުމަށް އެއްވެސް ހުރަހެއް އަޅާފައި ނުވާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
ބީއެމްއެލްގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، ސަބްސްކްރިޕްޝަން ފީ ދެއްކުމަށް ބޭންކުން އެއްވެސް ހުރަހެއް އަޅާފައި ނުވާނެ ކަމަށެވެ. އަދި މިފަދަ މުއާމަލާތްތަކަކީ ކޮންމެ ދުވަހަކު ބޭރު ފައިސާއިން ކުރެވޭ މުއާމަލާތްތަކުގެ ލިމިޓުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަން ބޭންކުން ވަނީ ސާފުކޮށްދީފައެވެ.
ބޭންކުން އިތުރަށް ފާހަގަކުރި ގޮތުގައި، ބައެއް ކަސްޓަމަރުންނަށް ސަބްސްކްރިޕްޝަން ފީ ދެއްކުމުގައި ދަތިތަކެއް ދިމާވަނީ ބޭންކުގެ ސަބަބުންނެއް ނޫނެވެ. ނަމަވެސް، ތަފާތު ސަބަބުތަކާހުރެ ބައެއް މާރޗަންޓުން އެފަދަ ޕޭމަންޓްތައް ބަލައިގަތުމަށް އިންކާރު ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.
މިފަދަ މައްސަލައެއް އެއްވެސް ކަސްޓަމަރަކަށް ކުރިމަތިވެފައިވާނަމަ، ލަސްނުކޮށް ބޭންކާ ގުޅުމަށް ބީއެމްއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ. "ސަބްސްކްރިޕްޝަން ފައިސާ ދެއްކުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިވެފައިވާނަމަ، ލަސްނުކުރައްވާ ސީދާ އަޅުގަނޑުމެންނާ ގުޅުއްވުން އެދެމެވެ. އަޅުގަނޑުމެން އެކަމަށް އެންމެ އެކަށީގެންވާ ހައްލެއް ވަގުތުން ފޯރުކޮށްދޭނަމެވެ،" ބީއެމްއެލްގެ މެސެޖުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު