މިހާރު ހިނގަމުންދާ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ނިމުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީން އަލުން ހޯދާނެ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އަބްދުﷲ ޞާދިޤް (ސޯބެ)ގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ، ޤާނޫނުއަސާސީގެ ތިންވަނަ ބާބުގައި ރައްޔިތުންގެ މަޖިލީހުގެ ވާހަކަ ވަރަށް ތަފްސީލުކޮށް އޮތް ނަމަވެސް، މިހާރު ފެންނަނީ މަޖިލީހުގެ ހުރިހާ ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ލައްވާފައިވާ މަންޒަރު ކަމަށެވެ. އަދި މަޖިލިސް ސަލާމަތްކުރުމަށްޓަކައި އެމްޑީޕީގެ ކެންޑިޑޭޓް ސޯބެ މަޖިލީހަށް އިންތިޚާބު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖޭގެ ގާނޫނުއަސާސީގެ ދެވަނަ ބާބުގަ ހުރި އަސާސީ ހައްގުތަކާ މިނިވަންކަމުގެ ހުރިހާ މާއްދާތަކެއް އެވަނީ ފުނޑުފުނޑު ކޮށްލާފަ. އެއްވެ އުޅުމުގެ މިނިވަންކަން، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން، މިހެންގޮސް ވަކިވައްތަރެއްގެ ސޯފާއެއް ފިޔަވާ ބޭނުން ނުކުރެވޭ ވަރަށް ހުރިހާ ކަމެއް އެވަނީ ނައްތާލާފަ،" ސަރުކާރަށް ފާޑުވިދާޅުވަމުން މޫސަ ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ ސިއްހީ ހާލަތާ ބެހޭގޮތުން ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާއަކީ ބުއްދި ސަލާމަތުން ހުރި މީހަކަށް ވާންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް ރައީސްގެ ވާހަކަފުޅުތައް ހުރި ގޮތުން އެމަނިކުފާނު "ހަމަގުން ނެއްޓިފައިވާ" ކަމަށް މޫސަ ތުހުމަތު ކުރެއްވިއެވެ. މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ހަވާލާދީ ސިނގިރޭޓުގެ އަގު ހެޔޮކުރުމާ ގުޅޭގޮތުން ރައީސް ދެއްކެވި ކަމަށް ބުނާ ވާހަކަފުޅެވެ.
އައްޑޫގެ ތަރައްޤީއަށް އަލިއަޅުވާލައްވަމުން މޫސަ ވިދާޅުވީ، އައްޑޫގެ ޗާޓު ބަދަލުކޮށް ތަރައްޤީގެ މަޝްރޫޢުތައް ހިންގީ އެމްޑީޕީގެ ސަރުކާރުތަކުން ކަމަށެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަމާއި، ރައީސް ޞާލިޙުގެ ވެރިކަމުގައި އައްޑޫއަށް ގެނައި ކުރިއެރުންތައް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ސަރުކާރުގެ ތެރޭގައި މިހާރު އޮތް ބައިބައިވުމަށް އިޝާރާތް ކުރައްވައި މޫސަ ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ގިނަ އަދަދެއްގެ ވަޒީރުންނާއި އިސްވެރިން ވަކިކުރަމުންދާ ކަމަށެވެ. އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތުމަކީ ބޭނުންހާ ގޮތެއް ހެދޭނެ ސަބަބެއް ނޫންކަން މާޒީން އެނގެން އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އެމްޑީޕީ އިރާދަކުރެއްވިޔާ 2028 ގެ ވެރިކަމާ ދިމާއަށް މިތިބީ ހިފާފަ. މިހާރު އެއޮތް ގާނޫނު އަސާސީގެ ދަށުން އަދި ރައްޔިތުންގެ މަޖިލީހުގެ ބައިވަރު ގޮނޑި ހުސްވާނެ. މި ސަރުކާރު ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަޅުގަނޑުމެން ނަގާނަން،" މޫސަ ވަރަށް ސާބިތުކަމާއެކު ވިދާޅުވިއެވެ.
މޫސަ ވިދާޅުވި ގޮތުގައި ޕީއެންސީއަށް ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް އައްޑޫ ރައްޔިތުންނަކަށް ނޯންނާނެއެވެ. އެހެންކަމުން މަޖިލިސް ހަމަމަގަށް އެޅުވުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އޭނާ ބާރުއެޅުއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު