ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ، ދަ ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއަށް ސޮއިކުރެއްވީ، އޭނާ ނިސްބަތްވި ޕާޓީ އުވާލިކަން އިލެކްޝަންސް ކޮމިޝަނުން އެންގުމާ ގުޅިގެން ކަމަށް ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ، މި ހިނގާ ކައުންސިލް ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކުރި ކަމަށް ބުނެ، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން އެކަހެރި ކޮށްފައިވަނިކޮށެވެ.
ކުރިން ވ. އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް ކުރެއްވި ޝުޖާއު ވިދާޅުވީ، ޕާޓީއެއް އުވާލުމާ ގުޅިގެން އެހެން ޕާޓީއަކާ ގުޅުމަކީ ކައުންސިލްގެ ގޮނޑި ގެއްލެންޖެހޭ ސަބަބެއް ކަމަށް ގަބޫލު ނުކުރަށްވާ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނާއި އެލްޖީއޭ އިން ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް ނޫން ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުން ލާޒިމްކުރާ 3000 މެންބަރުން ހަމަ ނުވުމުގެ ސަބަބުންނެވެ. ކޮމިޝަނުން ފޮނުވި ސިޓީގައި ވަނީ، މެންބަރުން ހަމަ ކުރުމަށް ދެވުނު ތިން މަސްދުވަހުގެ މުއްދަތު، 2026 ވަނަ އަހަރުގެ އޭޕްރީލް 11 ވަނަ ދުވަހަށް ހަމަވިއިރު، އެޕާޓީގައި ތިބީ 2716 މެންބަރުން ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ޕާޓީ އުވާލުމަށް ނިންމައި، ކޮމިޝަނުން ރަސްމީ ސިޓީ ފޮނުވީ 2026 ވަނަ އަހަރުގެ އޭޕްރީލް 23 ވަނަ ދުވަހު އެވެ. ނަމަވެސް ޕާޓީ ރަސްމީކޮށް އުވާލިކަން ޢާއްމުކުރީ މިދިޔަ ބުދަ ދުވަހުއެވެ.
އެލްޖީއޭ އިން ބުނީ، ޝުޖާއު، އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވަނީ 2026 ވަނަ އަހަރުގެ މެއި 19 ވަނަ ދުވަހު ކަމަށެވެ. ދަ ޑިމޮކްރެޓްސް އުވާލަން ނިންމި ތާރީހަށް ބަލާއިރު، ޝުޖާއު އެމްޑީޕީގައި ދަފްތަރުވީ، ޕާޓީ ރަސްމީކޮށް އުވާލިކަން އެންގިތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުންނެވެ.
މި މައްސަލާގައި އެލްޖީއޭ އިން ވަނީ ވ. ތިނަދޫ ކައުންސިލްގެ ނައިބު ރައީސަށް ސިޓީ ފޮނުވައި، ޝުޖާއު ވަގުތީ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް، ކައުންސިލް އިދާރާއަށް ނުނިކުތުމަށް އެންގުމަށް އިރުޝާދު ދީފައެވެ. އަދި މި މުއްދަތުގައި ކައުންސިލް ރައީސްގެ މަސްއޫލިއްޔަތުތައް ނައިބު ރައީސް ސާމިރު އަހުމަދާ ހަވާލުކޮށްފައިވެއެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ވަނީ، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވި މެންބަރަކު، ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭނެ ކަމަށެވެ. މި ހިސާބުން ބަލާއިރު، ޝުޖާއުގެ ގޮނޑި ގެއްލިއްޖެ ނަމަ، ރާއްޖޭގެ ތާރީހުގައި ޕާޓީ ބަދަލުކުރުމުގެ ސަބަބުން ގޮނޑި ގެއްލޭ ފުރަތަމަ ކައުންސިލަރަކަށް ވެގެންދާނީ ޝުޖާއު ކަމަށް ބެލެވެއެވެ.
ޝުޖާއު މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައިވާއިރު، މި ދައުރުގެ ތެރޭގައި ބައެއް އެހެން ކައުންސިލަރުން ވެސް ޕީއެންސީއާ ގުޅިފައިވެއެވެ. ނަމަވެސް، އެ ބޭފުޅުން އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ރަސްމީކޮށް ރަޖިސްޓްރީ ވީ ތާރީހެއް އަދި ސާފުވެފައި ނުވެއެވެ. ޝުޖާއުގެ މައްސަލަ ކުރިއަށްދާ ގޮތަށް ބިނާކޮށް، ކައުންސިލަރުން ޕާޓީ ބަދަލުކުރުމާ ގުޅޭ ގާނޫނީ މައްސަލައަށް ޙައްލެއް ލިބިގެން ދާނެކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު