މޫސާ ޒަމީރު
މޫސާ ޒަމީރު
މާލީ ވަޒީރުކަމުން މޫސާ ޒަމީރު އިސްތިއުފާ ދެއްވައިފިއެވެ.

"ރަސް" މައުލޫމާތު ލިބިފައިވާގޮތުގައި މޫސާ ޒަމީރު އިސްތިއުފާ ދެއްވައިފައިވަނީ މިއަދުގެ ވަގުތެއްގައިއެވެ.

މޫސާ ޒަމީޒު އިސްތިއުފާގެ ސިޓީ ރައީސް މުހައްމަދު މުއިއްޒަށް މިއަދު ފޮނުއްވާފައިކަން ޔަގީންވެފައިވާއިރު، އިސްތިއުފާ ދެއްވި ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވެފައި ވަނީ ސިއްހީ ސަބަބުތަކަށްޓަކަ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ޑިސެމްބަރު މަހު ޒަމީރު ވަނީ އޮޕަރޭޝަނެއް ކުރައްވައިފަ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ ފޮރިން މިނިސްޓަރުގެ މަގާމުގައި ފުރަތަމަ ހުންނެވީ ޒަމީރެވެ. ނަމަވެސް، 30 ސެޕްޓެމްބަރު 2024 ގައި އޭނާ ފިނޭންސް މިނިސްޓަރުގެ މަގާމަށް ބަދަލުކުރެއްވި އެވެ.

​އޭގެ ފަހުން، މި އަހަރުގެ އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީގެ މަސްއޫލިއްޔަތުތަކުގެ ތެރެއަށް ޕަބްލިކް އެންޓަޕްރައިސަސް އިތުރުކޮށް، އެ ވުޒާރާގެ ދާއިރާ ފުޅާކުރި އެވެ. ކެބިނެޓަށް ގެނައި މި ބަދަލުތަކާ އެކު، މިނިސްޓަރު ޒަމީރު ފެނިގެންދިޔައީ ކެބިނެޓުގެ އެންމެ އިސް، އަދި އެންމެ ސީނިއާ މިނިސްޓަރުގެ ގޮތުގަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް