މިހާރު ކުރިއަށްދާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނަށް ގދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ދާދި ދެންމެ ގދ.ހޯނޑެއްދޫ އަދި ނަޑެއްލާގައި ބޭއްވި ބައްދަލުވުންތަކުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުގެ ނާގާބިލުކަމާއި މަގުބޫލުކަން ގެއްލިފައިވާކަން މިހާރު ބާއްވަމުން އަންނަ އެކި އިންތިހާބުތަކުގެ ނަތީޖާތަކުން ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.
އަދި މި ހަގީގަތް ގަބޫލުކުރަން ސަރުކާރުން ފަސްޖެހޭ ކަމަށާއި، ބަލިވުމުން ވެސް "އަނގައިން ބަލިނުވެ" އެކި ބަހަނާތައް ދައްކަމުންދާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ދޮޅު އަހަރު ވޭތުވެގެން ދިޔައިރު މި ސަރުކާރަށް ހޯދިފައިވާ އެއްވެސް ކާމިޔާބީއެއް ނެތެވެ. ކައުންސިލް އިންތިހާބުތަކާއި، ރިފެރެންޑަމް ވޯޓު އަދި ބައި-އިލެކްޝަންތަކުން ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް، އެކަން ގަބޫލުކުރުމުގެ ބަދަލުގައި ސަރުކާރުން މަސައްކަތް ކުރަނީ ވަކިވަކި ވޯޓު ފޮށިތަކުގެ ނަތީޖާ ދައްކައިގެން މޮޅުވިކަމަށް ދައްކާށެވެ.
ނަމަވެސް އިންތިހާބެއް ކާމިޔާބުވުން ބިނާވެފައި އޮންނަނީ މުޅި ރައްޔިތުންގެ ތާއީދުގެ މައްޗަށް ކަމަށާއި، ގޮނޑިތައް ކާމިޔާބު ކުރަނީ އެމްޑީޕީން ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
ގައުމުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެ މިހާރު އޮތީ ނުރައްކާތެރި ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި ކަމަށެވެ. ގައުމުގެ އާމްދަނީ އިތުރުކޮށް، ހަގީގީ ސަލާމަތްތެރިކަން ހޯދައިދެވޭނީ މިހާރު އޮތް ހާލަތު ބަދަލުކޮށްގެން ކަމަށާއި، އެކަމަށް އޮތް ހަމައެކަނި ފަރުވާއަކީ އެމްޑީޕީ ވަރުގަދަ ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ރާއްޖެއަށް ހެޔޮ ބަދަލުތައް ގެނައި ފަދައިން، ކުރިއަށް އޮތް ތަނުގައި ވެސް ގައުމު ސަލާމަތުގެ އައްސޭރިއަށް ގެންދާނީ އެމްޑީޕީން ކަމަށް ރައީސް ނަޝީދު ޔަގީންކަން ދެއްވިއެވެ.

QAT
ކިޔުންތެރިންގެ ހިޔާލު