ކުރީގެ ރައީސް މުހައްމަދު ނަޝީދު ގދ. ހޯނޑެއްދޫގައި ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިގްތިސާދީ ހާލަތު އިންތިހާއަށް ގޯސްވެފައިވާކަން ފާހަގަކުރައްވައި، ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވިދާޅުވީ، ދައުލަތަށް ލިބޭ ހުރިހާ ޑޮލަރެއް ދަރަނި އަދާކުރަން ހޭދަކުރަން ޖެހުމުގެ ސަބަބުން، ޑޮލަރުގެ އަގު 20 ރުފިޔާއިން މައްޗަށް ގޮސް 30 ރުފިޔާއާ ގާތްކޮށްފައިވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ގައުމުގެ ދަރަނި މިހާރު ހުރީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 120 އިންސައްތައިގައެވެ. މި ހާލަތުގައި ގައުމު އޮއްވައި، ނާގާބިލު ބަޔަކާ ގައުމު ހަވާލުވެފައި އޮތުމަކީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ. އަދި ސަރުކާރުން މާލީ ހާލަތު ރަނގަޅުވަމުންދާ ކަމަށް ބުނި ނަމަވެސް، އެއީ އޮޅުވާލުމުގެ ނިޔަތުގައި ދައްކާ ވާހަކަތަކެއް ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.
ރައްޔިތުންގެ ޖީބުން ސީދާ ގޮތެއްގައި ފައިސާ ނަގައިގެން ދަރަނި އަދާކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެ، ޓެކްސް ބޮޑުކުރުމާއި ޑޮލަރުގެ މައްސަލަތަކަށް ވެސް ރައީސް ނަޝީދު އަލިއަޅުވާލެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ގާނޫނުތަކެއް ގެނައި ނަމަވެސް، އޭގެން އެއްވެސް ނަތީޖާއެއް ނުނިކުންނަ ކަމަށެވެ. ބާޒާރުގައި ޑޮލަރު ލިބެން ނެތުމުގެ ނަތީޖާއަކީ ތަކެތީގެ އަގު އުފުލި އިންފްލޭޝަން މަތިވެ، އޭގެ ސަބަބުން ރައްޔިތުން ނިކަމެތިވެ، ތަނަވަސްވުމަށް ކުރާ އުންމީދުތަކަށް ހުރަސް އެޅުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ފެހި ޤާނޫނުއަސާސީއަށް 18 އަހަރު ފުރުނުއިރު، އިޖުތިމާއީ ރައްކާތެރިކަމާއި އުމްރާނީ ތަރައްގީގެ ގޮތުން ގިނަ ކާމިޔާބީތަކެއް ހޯދިފައިވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރުގެ އިގްތިސާދީ ހާލަތުގެ ސަބަބުން ގައުމު ނާޒުކު ފައްތަރަކަށް ވެއްޓިފައިވާ ކަމަށާއި، މި ހާލަތު ބަދަލުކުރުމަށް އެމަނިކުފާނުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

QAT
ކިޔުންތެރިންގެ ހިޔާލު