މުއިއްޒުގެ ސަރުކާރު ނިމުމަކަށް އައިސްފައިވާ ކަމަށާއި ދެން އޮތީ ވެރިކަމުން އެމަނިކުފާނު ބޭލުމުގެ މަސައްކަތް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ގދ. ދެއްވަދޫގައި މިއަދު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މަގުބޫލުކަން މުޅިން ގެއްލި، ރައްޔިތުންގެ އިތުބާރު ނެތިފައިވާ ކަމަށެވެ. އެހެންކަމުން މިހާރު މި އޮތީ މިސަރުކާރުގެ ވެރިކަން ނިމުމަކަށް އަންނަންޖެހޭ ފަދަ ހިސާބެއްގައި ކަމަށާއި، ދެން އޮތް މަރުހަލާއަކީ ވެރިކަމުން ރައީސް މުއިއްޒު ބޭލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފެށުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް މިއަދު ވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި މާލޭގެ މަގުތައް ފުރާލުމަށްޓަކައި ތައްޔާރުވަމުންދާ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެ އައުމަށް ހުރިހާ ބޭފުޅުންވެސް ތައްޔާރުވުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
ފައްޔާޒު މިހެން ވިދާޅުވެފައިވާއިރު، މީގެ ކުރިން ވެސް އެމްޑީޕީން ވަނީ މާލޭގައި ބޮޑެތި މުޒާހަރާތަކެއް ބާއްވައި، ސަރުކާރަށް ފާޑުކިޔައި ނުރުހުން ފާޅުކޮށްފައެވެ.
ހަމައެއާއެކު އެމްޑީޕީން މިހާރު ރަށްރަށަށް ކުރަމުންދާ ދަތުރުތަކުގައި ރައީސް ނަޝީދުވެސް ވިދާޅުވެފައިވަނީ، ރާއްޖެ މިހާރު އޮތީ ނުރައްކާތެރި ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި ކަމަށެވެ. އެގޮތުން ގައުމުގެ އާމްދަނީ އިތުރުކޮށް، ހަގީގީ ސަލާމަތްތެރިކަން ހޯދައިދެވޭނީ މިހާރު އޮތް ހާލަތު ބަދަލުކޮށްގެން ކަމަށާއި، އެކަމަށް އޮތް ހަމައެކަނި ފަރުވާއަކީ އެމްޑީޕީ ވަރުގަދަ ކުރުން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

QAT
ކިޔުންތެރިންގެ ހިޔާލު