ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރު ނުވަތަ އިތުރު ބުރުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއިކުރުމުގެ ފުރުސަތު މިއަދު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި، މި އިންތިޚާބުގެ ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްދާނީ ޖޫން 9 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 1:30 ގެ ނިޔަލަށެވެ. މި މަސައްކަތް ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ އެ ކޮމިޝަނުގެ އިންތިޚާބާބެހޭ މަރުކަޒުގައެވެ.
މި ރަޖިސްޓަރީގައި ސޮއިކުރުމުގެ ފުރުސަތު ކެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ މަންދޫބުންނަށް ވަނީ ހުޅުވާލާފައެވެ. ކެންޑިޑޭޓުގެ ބަދަލުގައި އެހެން ފަރާތަކުން ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއަކާއި، ކެންޑިޑޭޓުގެ އައިޑީކާޑު ކޮޕީއެއް ހުށަހަޅަންޖެހޭނެއެވެ. އަދި އެ ސިޓީގައި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި އައިޑީކާޑު ނަންބަރު ހިމަނަންޖެހޭނެ ކަމަށްވެސް އީސީން ބުނެއެވެ.
މީގެ އިތުރުން، ރަޖިސްޓަރީގައި ސޮއިކުރަން ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް، އެމީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
މިމަހުގެ 13 ވަނަ ދުވަހު މި އިންތިޚާބުގެ އިތުރު ބުރު ބާއްވަން ޖެހުނީ، ކުރިން ބޭއްވި އިންތިޚާބުގައި ވޯޓު ފޮއްޓެއްގެ ސައްޙަކަމާމެދު ކޯޓުން ކުރި ޙުކުމަކާ ގުޅިގެންނެވެ. އެ ޙުކުމުގެ ސަބަބުން ކުރިން އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު އެއްވަރުވުމުން، ގާނޫނީ ގޮތުން އިންތިޚާބުގެ އިތުރު ބުރެއް ބޭއްވުން ލާޒިމްވީއެވެ.

PAR
SUI
MAR
ކިޔުންތެރިންގެ ހިޔާލު