މިއަހަރުގެ މިހާތަނަށް ހިނގާފައިވާ އެކި ބާވަތްތަކުގެ ސްކޭމް މައްސަލަތަކުގައި އާންމުންގެ އަތުން ގެއްލުނު ފައިސާގެ ތެރެއިން ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ސްކޭމްގެ 954 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. މި މައްސަލަތަކުގައި ޖުމްލަ 9،212،916.93 (ނުވަ މިލިއަން ދެލައްކަ ބާރަ ހާސް ނުވަސަތޭކަ ސޯޅަ ރުފިޔާ ނުވަދިހަ ތިން ލާރި) އާންމުންގެ އަތުން ގެއްލިފައިވެއެވެ. ނަމަވެސް ފުލުހުން ކުރި މަސައްކަތުން މީގެ ތެރެއިން 3،242،609.91 (ތިން މިލިއަން ދެލައްކަ ސާޅީސް ދެހާސް ހަސަތޭކަ ނުވަ ރުފިޔާ ނުވަދިހަ އެއް ލާރި) އަނބުރާ ވަނީ ހޯދިފައެވެ.
މިއަހަރު ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު، އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން އޮންލައިންކޮށް މުދާ ގަތުމަށް ފައިސާ ފޮނުވުމަށްފަހު މުދާ ނުލިބޭގޮތަށް ހިންގާފައިވާ 535 މައްސަލައެއް ފާހަގަކުރެވިފައިވެއެވެ. މީގެ އިތުރުން، އޮޅުވާލައިގެން އެކި ބަހަނާތަކުގައި އެހެން މީހެއްގެ އަތުން ފައިސާ ހޯދާފައިވާ 157 މައްސަލައަކާއި، ބޭރު ފައިސާ މާރުކުރުމުގެ ތެރޭގައި ހިންގާފައިވާ 144 މައްސަލައެއްގެ އިތުރުން ސައްހަނޫން މުއާމަލާތްތަކުގެ 57 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހެޅިފައެވެ.
އެންޓި ސްކޭމް ސެންޓަރުން ބުނި ގޮތުގައި، ސްކޭމަރުން މިފަދަ އަމަލުތައް ހިންގުމަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޯންކޯލާއި، އައިބޭ އަދި އޮންލައިންކޮށް މެސެޖު ކުރެވޭ އެކި މަންސަތަކެވެ. މީގެ އިތުރުން ފިޝިން ލިންކުތަކާއި ފޭސްބުކް މާކެޓް ޕްލޭސްއަކީ ވެސް ސްކޭމް ހިންގުމަށް ފުޅާދާއިރާއެއްގައި ބޭނުންކުރާ ވަސީލަތްތަކެއްކަން ފުލުހުން ފާހަގަކުރެއެވެ.
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށްޓަކައި، އެއްވެސް ފަރާތަކަށް ފައިސާ ފޮނުވުމުގެ ކުރިން އެއީ އިތުބާރު ހިފޭ ސައްހަ ފަރާތެއްކަން ކަށަވަރު ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެއްވެސް ފަރާތަކާ ޒާތީ މައުލޫމާތު ހިއްސާނުކުރުމަށާއި، ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގައި "ޓޫ ފެކްޓަރއޮތެންޓިކޭޝަން" ފަދަ ސެކިއުރިޓީ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއްކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ، ސްކޭމަރުންނަށް ކާމިޔާބު ލިބެނީ މިފަދަ މައްސަލަތައް ދިމާވުމުން ރިޕޯޓުނުކޮށް ހަނުހުރުމުން ކަމަށެވެ. އެހެންކަމުން، ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ވީހާވެސް އަވަހަކަށް އެކަން ފުލުހުންނަށް ރިޕޯޓުކުރުމަކީ ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެއްކަމަށްވެސް އެންޓި ސްކޭމް ސެންޓަރުން ވަނީ ބުނެފައެވެ.

URU
ކިޔުންތެރިންގެ ހިޔާލު