މެދުއިރުމަތީގެ މަސްރަޙު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާއާއި އީރާނުން ޖެހިޖެހިގެން ދެވަނަ ދުވަހަށް އެކަކު އަނެކަކަށް ވަރުގަދަ އަސްކަރީ ޙަމަލާތަކެއް ބަދަލުކޮށްފިއެވެ.
މި ޙަމަލާތަކާއެކު، މިދިޔަ އޭޕްރީލް މަހު ދެ ޤައުމުގެ ދެމެދުގައި އެއްބަސްވި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި، އީރާނުގެ ދެކުނުގައި ހުރި އަސްކަރީ މަރުކަޒުތަކަށާއި، ޖާސޫސީ މަސައްކަތްތަކަށް ބޭނުންކުރާ ރާޑަރު ސައިޓުތަކަށް އަމާޒުކޮށް "އަމިއްލަ ދިފާޢުގައި" ވަނީ ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. މި ޙަމަލާތައް ދީފައިވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނަށް ވަރުގަދަ ޙަމަލާތަކެއް ދޭނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވީ، އީރާނަށް އިއްޔެވެސް ވަރުގަދަ ޙަމަލާތަކެއް ދީފައިވާނެ ކަމަށާއި، މިއަދުވެސް އެފަދަ ޙަމަލާތަކެއް ދޭނެ ކަމަށެވެ. އަދި ހަނގުރާމަ ދާއިމީކޮށް ނިންމުމަށްޓަކައި އެއްބަސްވުމަކަށް އައުމަށް އީރާނުން "މާ ގިނަ ވަގުތު" ނަގަމުންދާ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ފާޑުވިދާޅުވެފައެވެ. އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވީ އީރާނަށް އެއްބަސްވުމަކަށް އައުމަށް ފުރުޞަތު ދެވުނު ކަމަށާއި، ނަމަވެސް އެ ފުރުޞަތުގެ ބޭނުން އެ ޤައުމުން ހިފާފައިނުވާ ކަމަށެވެ. އަދި އީރާނުގެ މުހިންމު ތަންތަނަށް ބޮން އަޅަމުންދާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.
އެމެރިކާގެ ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ އެ ސަރަޙައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ގިނަ ޙަމަލާތަކެއް ދީފައެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބަޙްރައިން އާއި ކުވައިޓުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޖެހިޖެހިގެން ދެވަނަ ދުވަހަށް އީރާނުން ވަނީ ޙަމަލާދީފައެވެ. މީގެ އިތުރުން، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ވަނީ އުރުދުންގައި ހުރި އެމެރިކާގެ ކޮމާންޑް ސެންޓަރަކަށް ބެލިސްޓިކް މިސައިލް ފޮނުވާލާފައެވެ.
މަސްރަޙު އިތުރަށް ގޯސްވެގެން ދިޔައީ، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ދެ ތެޔޮ ޓޭންކަރަކަށް ޙަމަލާދީފައިވާ ކަމަށް އައި.އާރު.ޖީ.ސީ އިން ބުނުމާ ގުޅިގެންނެވެ. އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅި ހުރިހާ ބާވަތެއްގެ އުޅަނދުފަހަރަށް ބަންދުކޮށްފައިވާ ކަމަށް އިޢުލާންކޮށްފައެވެ. ނަމަވެސް އެމެރިކާގެ ސެންޓްކޮމް އިން ބުނީ ވިޔަފާރި އުޅަނދުތައް އަދިވެސް އެ ސަރަޙައްދުން ދަތުރުކުރަމުންދާ ކަމަށެވެ. މި ޚަބަރުތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 2 އިންސައްތަ އުފުލި، ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 95 ޑޮލަރަށް އަރާފައެވެ.
މިކަމާ ގުޅިގެން އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ވިދާޅުވީ، އީރާނާ ދެކޮޅަށް ކުރިިމަތިވާ ކޮންމެ ފިއްތުމަކަށް ނުވަތަ ބިރުދެއްކުމަކަށް އެ ޤައުމުން ސާބިތުކަމާއެކު ކުރިމަތިލާނެ ކަމަށެވެ. އީރާނުގެ ފޮރިން މިނިސްޓްރީން ވަނީ އެމެރިކާއިން އޮޅުންބޮޅުން ބޮޑު މެސެޖުތައް ފޮނުވައި، ޑިޕްލޮމެޓިކް މަރުޙަލާއަށް ހުރަސްއަޅަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ.
މިދިޔަ އޭޕްރީލް މަހު ދެ ހަފުތާގެ މުއްދަތަށް އެއްބަސްވި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު، ދެ ފަރާތުގެ މެދުގައި ދޭތެރެ ދޭތެރެއިން ޙަމަލާތައް ބަދަލުކުރެވުނު ނަމަވެސް، މި ހަފުތާގައި އެމެރިކާގެ ހެލިކޮޕްޓަރެއް ވައްޓާލުމާ ގުޅިގެން މަސްރަޙު ވަނީ އިންތިހާއަށް ހޫނުވެފައެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ މިކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ މެދުއިރުމަތި ދަނީ ފުން އަނދަވަޅަކަށް ވެއްޓެމުން ކަމަށާއި، މިހާރު އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ "ލެސަރ ފަޔަރ" އެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ހުރިހާ ފަރާތްތަކުން ޑިޕްލޮމެޓިކް މަގުން މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރުމަށާއި، އިތުރު ޙަމަލާތައް ނުދިނުމަށް އޭނާ ގޮވާލެއްވިއެވެ.

RSA
CZE
ކިޔުންތެރިންގެ ހިޔާލު