"ހިލޭ ޓީވީ" ނަމަކަށް ކިޔާ ވެބްސައިޓަކުން ފީފާ ވޯލްޑްކަޕްގެ މެޗުތައް ހިލޭ ދައްކާނެ ކަމަށް ބުނެފައި ވަނިކޮށް، އެކަން ހުއްޓުވުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
ސިވިލް ކޯޓުން މިފަދަ އަމުރެއް ނެރެފައިވަނީ، ވޯލްޑްކަޕް ދެއްކުމުގެ ރައިޓްސް ރާއްޖޭގައި އޮތް މީޑިއާނެޓުން އެ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. މީޑިއާނެޓުން ކޯޓުގައި އެދުނީ، ހިލޭ ޓީވީން އެ ކުންފުނީގެ ހައްގުތަކަށް އަރައިގަންނަމުންދާތީ އެކަން ހުއްޓުވައިދިނުމަށެވެ.
މި މައްސަލާގައި މީޑިއާނެޓުން ބުނެފައިވަނީ، ހިލޭ ޓީވީން އެ ކުންފުނީގެ ފީޑްތައް ވަގަށް ނެގުމަށްފަހު އެ ފަރާތުގެ ވެބްސައިޓް މެދުވެރިކޮށް މެޗުތައް ފެންނާނެ ކަމަށް ޓެލެގްރާމް ގްރޫޕެއްގައި ބުނެފައިވާ ކަމަށެވެ. އަދި ވޯލްޑްކަޕް ދެއްކުމުގެ ގާނޫނީ ހުއްދަ ނެތް ބަޔަކު ކުރާ މި އަމަލުތައް ވަގުތުން ހުއްޓުވައި ނުދީފިނަމަ، މީޑިއާނެޓަށާއި އާންމު މަސްލަހަތަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
މި މައްސަލައަށް ރިއާޔަތްކޮށް ސިވިލް ކޯޓުން ނެރުނު އަމުރުގައި ވަނީ، ކޯޓުން މި މައްސަލާގައި ވަކި ގޮތެއް ކަނޑައަޅައި ނިމެންދެން، "ހިލޭ ޓީވީ" ވެބްސައިޓަށް ދިވެހިރާއްޖޭގެ އައިޕީ އެޑްރެސްތަކުން ނުވަދެވޭނޭހެން ބްލޮކް ކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ސީ.އޭ.އެމް) ގެ މައްޗަށް އަމުރުކޮށްފައެވެ.
މި އަމުރާއެކު، ހިލޭޓީވީން ވޯލްޑްކަޕް މެޗްތައް ދުރަށް ދެއްކުމުގެ ދޮރު މިވަނީ ބަންދުވެފައެވެ.

RSA
CZE
ކިޔުންތެރިންގެ ހިޔާލު