ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށްޓަކައި ބާއްވާ އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުން މިއަދު ހެނދުނު ރަސްމީކޮށް ފަށައިފިއެވެ.
މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދާއި ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، މި އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ.
މި އިންތިހާބުގެ ވޯޓު ލުން ކުރިއަށް ގެންދިއުމަށްޓަކައި 3 ފޮށްޓެއް ބަހައްޓާފައިވާއިރު، މީގެ ތެރެއިން ދެ ފޮށި ބަހައްޓާފައިވަނީ ދ. މީދޫގައެވެ. އެ ރަށުގައި ވޯޓުލުން ކުރިއަށްދަނީ ދ. އަތޮޅު މަދުރަސާގައެވެ. މީގެ އިތުރުން، މާލޭގައި ދިރިއުޅޭ މީދޫގެ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ދަރުމަވަންތަ ސްކޫލުގައިވެސް ވަނީ ވޯޓު ފޮއްޓެއް ބަހައްޓާފައެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 1,049 މީހަކަށް ލިބިގެންވެއެވެ. އޭގެ ތެރެއިން މީދޫގައި ބަހައްޓާފައިވާ ފޮށިތަކަށް 587 މީހަކު ވޯޓުލުމަށް ހަމަޖެހިފައިވާއިރު، މާލޭގައި ބެހެއްޓިފައިވާ ފޮއްޓަށް ވޯޓުލުމަށް 462 މީހަކު ވަނީ ރަޖިސްޓަރީކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކްށް ބަލާއިރު، މިއަދު ހެނދުނު 09:00 ޖެހުމާ ހަމައަށް ވޯޓު ލާފައިވަނީ ޖުމުލަ 121 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 29 އަންހެނުންނާއި 92 ފިރިހެނުންނެވެ. މިއީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ 11.53 އިންސައްތަ މީހުންނެވެ.
މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް އަލުން ވޯޓުލާން ޖެހުނީ، މިދިޔަ އެޕްރިލް މަހު ބޭއްވި އިންތިޚާބުގެ ވޯޓު ކަރުދާހަކާ މެދު ކޯޓުން ނިންމި ނިންމުމަކާ ގުޅިގެން، ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު އެއްވަރުވުމުންނެވެ.

PAR
SUI
MAR
ކިޔުންތެރިންގެ ހިޔާލު